"ބީއެމްއެލް ގޭޓްވޭއާއެކު، ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤުވާމީ ޑިޖިޓަލް އިޤްތިޞާދުގައި ފައިތިލަ ސާބިތުކުރަން ބޮޑު ބާރެއް ލިބޭނެ"
އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބައިނަލްއަޤުވާމޫ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ދުނިޔޭގެ ކޮންމެ ޤައުމެއްގެ ކޮންމެ ތަނަކުން ވެސް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިވެގެން ދިޔުމަކީ ދިވެހި ވިޔަފާރިތަކުގެ ތަރައްޤީ އަށް އެޅިގެން ދިޔަ ތާރީޚީ އަދި ނުހަނު މުހިންމު ފިޔަވަޅެއް ކަމަށް.
އިތުރަށް ކިޔާ