އޮގަސްޓު މަހު މަސްވެރިންނަށް 29.9 މިލިއަން ރުފިޔާ ދޫކޮށްފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
މަސްވެރިން މަސް ކިރުމުގެ މަސައްކަތް ކުރަމުން އަންނަ މަންޒަރު
ނިމުނު އޮގަސްޓު މަހުގެ ތެރޭގައި މަސްވެރިންނަށް 29.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ހިސާބު ތަކުން ދަައްކައިފި އެވެ.
މިފްކޯ އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓު މަހު އެ ކުންފުނިން މަސްވެރިންނަށް ދޫކޮށްފައި ވަނީ 29.9 މިލިއަން ރުފިޔާ އެވެ. އަދި އޭގެ ކުރިން ޖުލަައި މަހުގެ ތެރޭގައި ދޫކޮށްފައިވާ 49.7 މިލިއަން ރުފިޔާ އަށް ވުރެ މަދު އަދަދެކެވެ.
އެ މުއްދަތުގެ ތެރޭގައި 555 ދޯންޏެއް ވަނީ އެ ކުންފުންޏަށް މަސް ކިރުވައިފައި އެވެ. އޭގެ ކުރިން ޖުލައި މަހު މިފްކޯ އަށް މަސް ކިރާފައި ވަނީ 822 ދޯނި ކަމަށް ދައްކާފައިވާއިރު، އޮގަސްޓު މަހު މި ވަނީ މަސް ކިރުވި ދޯނި ތަކުގެ އަދަދު ދަށްވެފައި އެވެ.
މީގެ އިތުރުން މިފްކޯގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި އޮގަސްޓު މަހު އެ ކުންފުންޏަށް ކިރާފައި ވަނީ 1488 ޓަނުގެ މަހެވެ. މި އަދަދު ވެސް ވަނީ ޖުލައި މަހާ އަޅާބަލާއިރު ދަށްވެފައި އެވެ. އެގޮތުން ޖުލައި މަހު މިފްކޯ އަށް ވަނީ 2474 ޓަނުގެ މަސް ކިރައިފައި އެވެ.
އެންވެރިކަން ދަށްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން މި ދުވަސް ކޮޅު ދަށްވެފައިވާއިރު، އާންމުކޮށް މި ދުވަސްވަރަކީ މަސްވެރިކަން ދަށްވާ ދުވަސް ވަރެކެވެ. މީގެ ކުރީ އަހަރު ތަކުގައި ވެސް، މި މުއްދަތުގެ ތެރޭގައި މަސްވެރިކަން ދަށްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް