Article Top
ކުޅިވަރު •

ރާއްޖެ އަތުން ބަލިވެގެން ބޭއަދަބީކޮށް އުޅުނު ލަންކާ ކޯޗު 5،000 ޑޮލަރުން ޖޫރިމަނާކޮށްފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ރާއްޖެ އަތުން ބަލިވެގެން ބޭއަދަބީކޮށް އުޅުނު ލަންކާ ކޯޗު 5،000 ޑޮލަރުން ޖޫރިމަނާކޮށްފި

އިމްރާން -- ފޮޓޯ/ފުޓްބޯލް ސްރީލަންކާ

މިޔަންމާގައި ކުރިއަށްދިޔަ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަތުން 4-0 އިން ބަލިވި މެޗަށްފަހު، ދިވެހި ޓީމާ ދެކޮޅަށް ބޭއަދަބީކޮށް މުހާތަބުކުރި ސްރީލަންކާ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އިމްރާން 5,000 އެމެރިކާ ޑޮލަރުން ޖޫރިމަނާކުރަން އޭއެފްސީން ނިންމައިފި އެވެ.

މިދިޔަ މަހުގެ ކުރީކޮޅު ހިނގި މި މި ހާދިސާ ހިނގުމާއެކު، ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ވަގުތުން އޭނާއަށް ފިޔަވަޅު އަޅައި ޓީމުން ބޭރުކޮށްފަ އެވެ.

Advertisement
Article Inside

މެޗަށްފަހު އިމްރާން އެފަދަ ގޮތަކަށް ވާހަކަދައްކާފައިވަނީ، މިދިޔަ މާޗް މަހު މާލޭގައި ކުޅުނު ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ 2-0 ގެ ލީޑެއްގައި އޮއްވައި ލަންކާއިން ފަހަތުން އަރައި 3-2 އިން މޮޅުވި މެޗަށް އިޝާރާތްކޮށެވެ.

ޒުވާން ކުޅުންތެރިންނާ ހަވާލުވެހުރި ކޯޗެއްގެ ކިބައިން ފެނުނު މިފަދަ ދަށުދަރަޖައިގެ އަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ލީޑަޝިޕުން ވަނީ ވަރަށް ހަރުކަށި ފިޔަވަޅު އަޅާފައެވެ. އަދި އޭނާ ދެ އަހަރަށް ސަސްޕެންޑްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޭއެފްސީގެ ޖޫރިމަނާއާ ގުޅިގެން އެޕީލް ކުރުމުގެ ފުރުސަތު ވެސް އެ ފެޑެރޭޝަނުން ވަނީ ދޫކޮށްލައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް