ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މި މަހުގެ 29 ގައި ޙުކުމް ކުރަނީ
ލިޔުންތެރިޔާ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން.
ރ.އަތޮޅު ފުއްގަރި މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ މައްސަލައިގައި މި ހިނގާ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ޙުކުމް ކުރަން ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ ޙުކުމް ކުރުން އޮންނާނީ އޮކްޓޫބަރު 29 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އެވެ. މައްސަލައިގައި ޚުލާސް ބަޔާން އިއްވުމުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ނިންމާލާފައިވާއިރު، ރައީސް ޔާމީންގެ ފަރާތުން ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަަމަށް ރައީސް ޔާމީންގެ ފަރާތުން ވަނީ ވިދާޅުވެފައި އެވެ.
ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ޤަބޫލުކުރުމާއި، މަނީ ލޯންޑަރިންގެ ދައުވާ އެވެ. އެއީ ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި ރައީސް ޔާމީން އެއް މިލިއަން އެމެރިކާ ޑޮލަރު ޤަބޫލު ކުރެއްވުމަށް ފަހު، އެ ފައިސާ ލޮންޑާ ކުރައްވާފައިވާ ކަމަށް ބުނެ އެވެ.
ރައީސް ޔާމީންގެ ފަރާތުން ޚުލާސާ ބަޔާނުގައި ބުނެފައި ވަނީ، އެ މައްސަލައިގައި ރައީސް ޔާމީންއާ ދެކޮޅަށް ސާބިތު އެއްވެސް ހެއްކެއް ދައުލަތަކަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ދައުވާ އުފުލުނު އެހެން އެންމެން ސަލާމަތްވެ. މިހާރު ދައުވާ ކުރިއަށް ދަނީ ރައީސް ޔާމީންގެ މައްޗަށް އެކަނި ކަމަށް ފާހަގަކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް