Article Top
ކުޅިވަރު •

ރަނގަޅު ފޯމެއްގައި އޮތުމުން ބިސް ބުރުގެ ކޯޗަށް ހިތްހަމަޖެހުން

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ރަނގަޅު ފޯމެއްގައި އޮތުމުން ބިސް ބުރުގެ ކޯޗަށް ހިތްހަމަޖެހުން

ނާދު ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަނީ -- ފޮޓޯ/އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނައިރު، ބިސްބުރު ސްޕޯޓްސް ކްލަބް އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި އެ މެޗުގައި ވިކްޓަރީއަށް ވަރުގަދަ ޗެލެންޖެއް ދެވޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.

މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ނާދު ފާހަގަކުރިގޮތުގައި، ކުރީ މެޗުން ފެށިގެން މި މެޗާ ހަމައަށް ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތުމަކީ ބޮޑު ހިތްހަމަޖެހުމެކެވެ. އެހެންނަމަވެސް، އެންމެ ފަހުން ކުޅުނު މެޗުގައި އުލޫފް އަހުމަދަށް ރަތްކާޑެއް ދެއްކުމާ ގުޅިގެން މި މެޗުގައި އޭނާއަށް ނުކުޅެވުމަކީ ޓީމަށް އޮތް ކޮންމެވެސް ވަރެއްގެ ގޮންޖެހުމެއްކަން އޭނާ ފާހަގަކުރިއެވެ.

Advertisement
Article Inside

ވިކްޓަރީއަކީ މި ސީޒަނަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން އައިސް އޮތް ޓީމެއް. އެހެންނަމަވެސް އަޅުގަނޑުމެން ޓީމު މިހާރު ވަރަށް ރަނގަޅު ފޯމެއްގައި މިއޮތީ. އެހެންވީމަ ފެންނާނެކަމަށް އުއްމީދުކުރަނީ ރަނގަޅު ގޭމެއް.

މިއަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ބިސް ބުރުން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން ބުރު ސްޕޯޓްސް ކްލަބް ބަލި ކުރީ އުލޫފް އަށް ދެއްކި ރަތް ކާޑާ އެކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ފަހަތުން އަރައި ދެ ގޯލު ކާމިޔާބު ކޮށްގެންނެވެ.

ބުރު ސްޕޯޓްސް ކްލަބާއި ދިއްދޫ ސްޕޯޓްސް ކްލަބް އަތުން މޮޅުވެގެން ޖުމްލަ 6 ޕޮއިންޓާއެކު ބިސް ބުރު ތާވަލުގެ ފަސްވަނައިގައި އޮތްއިރު، ވިކްޓަރީ އޮތީ ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް