Article Top
ޚަބަރު •

ތިން މީހުންނާއެކު ދުއްވަނިކޮށް ވި އެކްސިޑެންޓު: ދުއްވި މީހާ ހޮސްޕިޓަލުން ދޫކޮށްލުމުން ހައްޔަރުކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ތިން މީހުންނާއެކު ދުއްވަނިކޮށް ވި އެކްސިޑެންޓު: ދުއްވި މީހާ ހޮސްޕިޓަލުން ދޫކޮށްލުމުން ހައްޔަރުކޮށްފި

ތިން މީހުންނާއެކު ދުއްވަނިކޮށް ވި އެކްސިޑެންޓުގައި ހައްޔަރުކުރި މީހާ-- ފޮޓޯ/ ފުލުހުން

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ތިން މީހުން އަރުވައިގެން ފުލުހުންނާ ފިލަން ދުއްވި ސައިކަލެއް އެކްސިޑެންޓުވި ހާދިސާގައި އެ ސައިކަލު ދުއްވަން އިން މީހާ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުން ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން މި ހަފުތާގެ ހޯމަ ދުވަހު ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށްފައިވާކަމަށެވެ.

Advertisement
Article Inside

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. މާމެންދޫ އިރުމަތީގޭ މުހައްމަދު ސައިފްއެވެ.

ހުޅުމާލެ ފޭސް ދޭއްގައި ތިން މީހުންނާއެކު ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓު ހިނގީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ 2:55 ގައެވެ.

ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅު މަގުގައި ހިނގި މި އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ ފަސް މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފައިވެއެވެ.


ފުލުހުން ބުނީ ތިން މީހުންނާއެކު ދުއްވި އެ ސައިކަލު ވަނީ، އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރިކޮށް ދުއްވާފައި ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން މީހުންނާ އެކު ދުއްވި އެ ސައިކަލު މަސައްކަތްކޮށްފައި ވަނީ ފުލުހުންނަށް ފިލާށެވެ. އެ ސައިކަލުގައި ތިބީ ދެ ފިރިހެނުންނާއި، އެއް އަންހެނެއް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެ ސައިކަލު އެކްސިޑެންޓު ވެފައި ވަނީ ފުލުހުންނަށް ފިލަން ވެގެން، ވަންވޭއާ ޚިލާފަށް ދުއްވަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް