Article Top
ދުނިޔެ •

ގޭހާއި ތަކެތީގެ އަގު މަތިވީ ޓްރަމްޕްގެ ސަބަބުން، ރައްޔިތުން ތިބީ އޭނާ ހުއްޓުވަން ތައްޔާރަށް: ކަމަލާ ހެރިސް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ގޭހާއި ތަކެތީގެ އަގު މަތިވީ ޓްރަމްޕްގެ ސަބަބުން، ރައްޔިތުން ތިބީ އޭނާ ހުއްޓުވަން ތައްޔާރަށް: ކަމަލާ ހެރިސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް.

އެމެރިކާގައި ގޭހުގެ އަގުތައް މައްޗަށް ދިޔުމާއި، ތަކެތީގެ އަގުތައް މައްޗަށް ދިޔުމުގެ ސަބަބަކީ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފައްޓަވާފައިވާ އީރާން ހަނގުރާމަ ކަމަށް ވިދާޅުވެ، އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސްގެ ފާޑުކިޔުން ޓްރަމްޕް އަށް އަމާޒު ކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހެރިސް ވިދާޅުވީ، ގޭހާއި ތަކެތީގެ އަގު ބޮޑުވުމުން އެމެރިކާގެ ރައްޔިތުން ތިބީ ވަރުބަލިވެފައި ކަމަށެވެ. ސަބަބަކީ އެ ތަކެތީގެ އަގު ބޮޑުވުމުން ރައްޔިތުން އުފުލަން ޖެހުނު ތަކުލީފު ބޮޑުވުން ކަމަށާއި، އެއީ ޓްރަމްޕްގެ ހަނގުރާމައިގެ ސަބަބުން ދިމާވި އަސަރުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement
Article Inside

އެކަން ފާހަގަ ކުރައްވައި ހެރިސް ވިދާޅުވީ، ރައްޔިތުން ތިބީ ޑޭކެއާ އާއި، ޞިއްޙީ ކަންކަމުގެ އިތުރުން، އެހެނިހެން ކަންކަމަށް ވެސް ކުރަން ޖެހޭ ޚަރަދުތަކާމެދު ހާސްވެފައި ކަމަށެވެ. ތަކެތީގެ އަގު އިންތިހާ އަށް އުފުލެމުން ދިޔަ ނަމަވެސް، ރައްޔިތުންނަށް ލިބޭ މުސާރަ ބޮޑު ނުވާ ކަމަށް ވެސް ހެރިސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ހެރިސް ވިދާޅުވީ އެމެރިކާގެ ރައްޔިތުން ތިބީ ޓްރަމްޕްގެ އަމަލުތަކާ މެދު ފޫހިވެ، ވަރުބަލިވެފައި ކަމަށެވެ. އަދި އެމެރިކާގެ ރައްޔިތުން ތިބީ ޓްރަމްޕް ހުއްޓުވަން ތައްޔާރަށް ކަމަށް ވެސް ހެރިސް ވަނީ ވިދާޅުވެފައި އެވެ. އެ ޕޯސްޓުގައި ހެރިސް ވަނީ ޓްރަމްޕް އަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް