Article Top
ޚަބަރު •

ދިގުރަށު މިސްކިތުގެ މަސައްކަތް ނިމިއްޖެ، މުންނާރުގެ މަސައްކަތް ފަށަނީ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ދިގުރަށު މިސްކިތުގެ މަސައްކަތް ނިމިއްޖެ، މުންނާރުގެ މަސައްކަތް ފަށަނީ

ދިގުރަށު މިސްކިތް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އއ. ދިގުރަށު މިސްކިތުގެ މަސައްކަތް ނިމިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދިގުރަށު މިސްކިތުގެ މަސައްކަތް ނިންމައި މިހާރު އަމާޒު ހިފައިފައިވަނީ އަންނަ ހަފުތާގައި މުންނާރުގެ މަސައްކަތް ކުރުމަށެވެ.

Advertisement
Article Inside

މިސްކިތް ފުރިހަމަވާނީ މުންނާރުގެ މަސައްކަތް ވެސް ނިމުމުންނެވެ.

ޒަމާނީ ފެންވަރުގެ މިސްކިތެއް އއ. ދިގުރަށުގައި ބިނާކުރުމަށް ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އޭރު ފެށި މަސައްކަތުގެ ބޮޑުބައި މި ސަރުކާރު އައިއިރު ވެސް ނުނިމެއެވެ. އިސްލާމިކް މިނިސްޓަރޔ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ ކުރީ ސަރުކާރުން އެ ރަށުގައި މިސްކިތް އަޅަން ހަވާލުކޮށްފައިވަނީ މުންނާރު ހެދުމަށް ވެސް ބީއީކިއުގައި ނުޖަހާކަމަށެވެ.

މިސަރުކާރުން އެ މަސައްކަތް ކުރުމަށް ބެޖެޓު ހަމަޖައްސައިފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް