ތުރާކުނު މިސްކިތުގެ ބޮޑުބައި ނިމިއްޖެ، އަންނަ މަހަށް އެއްކޮށް ނިމޭނެ
ލިޔުންތެރިޔާ
ތުރާކުނު މިސްކިތް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހއ. ތުރާކުނުގައި އިމާރާާތްކުރާ މިސްކިތުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިވަގުތު އެ މިސްކިތުގައި ކުރިއަށްދަނީ ރެކްޓިފިކޭޝަން މަސައްކަތްތައްކަމަށެވެ.
މީގެއިތުރުން، ސަރުކާރުން މަސައްކަތް ކުރަނީ އަންނަ މަހު އެ މިސްކިތުގެ ހުރުހާ މަސައްކަތެއް ނިންމުމަކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ތުރާކުނު މިސްކިތް ބިނާ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު މި މަޝްރޫއުގެ ދަށުން އެއްފަހަރާ 300 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް ބިނާ ކުރާނެއެވެ. މި މިސްކިތުގެ މަސައްކަތް އެ ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވަނީ 11.21 މިލިއަން ރުފިޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް