Article Top
ކުޅިވަރު •

16 އަހަރަށް ފަހު ކެޕްޓަން ހާޒިގް ގައުމީ ކްރިކެޓް ޓީމުން ރިޓަޔާ ކޮށްފި!

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

16 އަހަރަށް ފަހު ކެޕްޓަން ހާޒިގް ގައުމީ ކްރިކެޓް ޓީމުން ރިޓަޔާ ކޮށްފި!

ހާޒިގް -- ފޮޓޯ/ކްރިކެޓް ބޯޑް

ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރުވީ ބައިނަލްއަގުވާމީ ކެރިއަރު ނިންމާލައި، ގައުމީ ޓީމުން ރިޓަޔާކޮށްފި އެވެ.

އުމުރުން 33 އަހަރުގެ ހާޒިގު ރިޓަޔާމަންޓް އިއުލާނުކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 މެންސް ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ރާއްޖެ ކުޅުނު ފަހު މެޗަށް ފަހު އެވެ. އެ މެޗުން ރާއްޖެ ބަލިވީ 125 ލަނޑުންނެވެ.

Advertisement
Article Inside

އުމުރުން އެންމެ 16 އަހަރުގައި ގައުމީ ކްރިކެޓް ޓީމުން ޖާގަ ހޯދައި، ރާއްޖެ ތަމްސީލްކުރަން ފެށި ހާޒިގަކީ 2010 ވަނަ އަހަރު ރާއްޖެއަށް އޭސީސީ ޗެލެންޖް ޓްރޮފީ ހޯދައިދިން ރަން ޓީމުގެ މުހިންމު ހިއްސާދާރެކެވެ. އޭނާ ވަނީ ގައުމީ ޖާޒީގައި 68 މެޗު ކުޅެ، 600 އަށްވުރެ ގިނަ ލަނޑު ހަމަކޮށް، 20 ކެޗު ހިފައިފަ އެވެ. ކޮންމެ މެޗެއްގައިވެސް ޓީމަށްޓަކައި 100 ޕަސެންޓް ދިން ހާޒިގަކީ ކުޅިވަރުގެ އަހުލާގާއި ލީޑާޝިޕްގެ ނަމޫނާއެއް ކަމަށް ކްރިކެޓްގެ އިސް ފަރާތްތަކުން ފާހަގަކުރެ ކެވެ.

ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް ވަނީ ހާޒިގުގެ އަގުހުރި ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. ގައުމީ ޓީމުން އޭނާ ވަކިވުމަކީ ބޮޑު އުނިކަމެއް ނަމަވެސް، ޑޮމެސްޓިކް ކްރިކެޓްގައި ސީބީއެލް ސްޕޯޓްސްއާއެކު 17 ތަށި ހޯދާފައިވާ އޭނާގެ ކެރިއަރު ދެންވެސް ފެންނާނީ ކާމިޔާބުކޮށް ކަމަށް ކްރިކެޓް ބޯޑުން އުންމީދުކުރެ އެވެ.

މިއަހަރުގެ ކޮލިފައިން ބުރުގައި ރާއްޖެއިން ޗައިނާ އަތުން 10 ވިކެޓުން މޮޅުވި ނަމަވެސް، ސިންގަޕޫރާއި، މެލޭޝިއާ އަދި ސައުދީ އަތުން ވީ ބައްޔެވެ. ހޮންގް ކޮންގް މެޗު ވިއްސާރައިގެ ސަބަބުން ކެންސަލްވީ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް