Article Top
ޚަބަރު •

ކުލި ނުދައްކާ ދެ ފްލެޓެއް ހުސްކުރަން އެފްޑީސީ އިން އަންގައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ކުލި ނުދައްކާ ދެ ފްލެޓެއް ހުސްކުރަން އެފްޑީސީ އިން އަންގައިފި

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އަމާން ޓަވަރުތައް.

ޤަވާއިދުން ކުލި ނުދައްކާ ދެ ފްލެޓެއް ހުސްކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންގައިފި އެވެ.

އެފްޑީސީ އިން ބުނެފައި ވަނީ ޤަވާއިދުން ކުލި ނުދައްކާތީ ހުސްކުރަން އަންގާފައި ވަނީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އަމާން ޓަވަރުތަކުގައި ހިމެނޭ ދެ ޔުނިޓެއްގައި ދިރިއުޅޭ މީހުންނަށް ކަމަށެވެ. އެގޮތުން ޔުނިޓު ހުސްކުރުމަށް އެފްޑީސީ އިން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި އެވެ.

Advertisement
Article Inside

އެފްޑީސީ އިން ބުނީ ޔުނިޓުތައް ހުސްކުރަން އެންގުމާ އެކު، އެ ފްލެޓި ތަކުގެ ޕޯޓަލް އެކްސެސް ވެސް މެދު ކަނޑާލާފައިވާ ކަމަށެވެ. އެފްޑީސީ އިން މި ފިޔަވަޅު އަޅާފައި ވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ކުލި ދެއްކުމަށް އެކި ފަހަރު މަތިން އެންގުމަށް ފަހު އެވެ.

ތަކުރާރުކޮށް ދިން މުއްދަތުތައް ހަމަވުމުން، އެފްޑީސީ އިން ވަނީ 15 ދުވަހުގެ ތެރޭގައި ފްލެޓު ހުސްކުރުމަށް ފަހު، އެ ކުންފުންޏާ ހަވާލުކުރުމަށް މިހާރު ނޯޓިސް ފޮނުވައިފަ އެވެ. ކުލި ނުދައްކައިގެން ފްލެޓު ހުސްކުރަން އަންގާފައިވާއިރު، އެފްޑީސީ އިން ބުނީ އެއްބަސްވުމުގއި ބަޔާން ކޮށްފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭން ޖެހޭ 30 ދުވަހުގެ ނޯޓިން ވެސް ދީފައިވާ ކަމަށް އެފްޑީސީ އިން ބުނެފައިވެ އެވެ. މީގެ ކުރިން އެފްޑީސީ އިން ބުނެފައި ވަނީ އެއްބަސްވުމުގައި ބުނެފައިވާ ގޮތަށް ޤަވާއިދުން ކުލި ނުދައްކާ ގިނަ ފްލެޓުތަކެއް ފާހަގަވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް