Article Top
ޚަބަރު •

އުވާލަން ނިންމައިފައިވާ ފެނަކަ އިން އަފީފް ވަކިކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އުވާލަން ނިންމައިފައިވާ ފެނަކަ އިން އަފީފް ވަކިކޮށްފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަފީފް.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު އަފީފް ޙުސެއިން އެ މަޤާމުން ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކަށަަވަރުކޮށްދީފައިވާ ގޮތުގައި، ފެނަކައިގެ އެމްޑީގެ މަޤާމުން އަފީފް ވަކި ކުރައްވާފައި ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި އެވެ. މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ފެނަކައިގެ އެމްޑީގެ މަޤާމަށް އަފީފް އައްޔަން ކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ނަޖާހު ވަކިކުރެއްވުމަށް ފަހު އެވެ.

Advertisement
Article Inside

ފެނަކައިގެ އެމްޑީ ކަމުގެ މަޤާމުން އަފީފް ވަކި ކުރެއްވީއިރު، ފެނަކަ އަކީ ސަރުކާރުން އުވާލަން ނިންމާފައިވާ ކުންފުޏެކެވެ. ސަރުކާރުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކޮށް، ރައިޓް ސައިޒް ކުރުމުގެ ސިޔާސަތުގެ ދަށުން، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ ފެނަކަ އުވާލައްވައި، ފެނަކައިގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރަން ނިންމައިފަ އެވެ. ސަރުކާރުން ފެނަކަ އުވާލަން ނިންމީ، ވަރަށް ގިނަ ގޮތް ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެވެ.

މި ސަރުކާރުގައި ފެނަކައިގެ އެމްޑީގެ މަޤާމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުޙައްމަދު ރަޝީދު އެވެ. ނަމަވެސް، އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވުމާ އެކު، ދެން އެ މަޤާމަށް އައްޔަން ކުރެއްވީ ނަޖާހު އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް