Article Top
ޚަބަރު •

ހުޅުމާލޭގައި އެސްޖޭއިން ހަދާ މިސްކިތް ހިމެނޭހެން 14 މިސްކިތެއް ރަމަޟާންމަހު ހުޅުވަނީ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ހުޅުމާލޭގައި އެސްޖޭއިން ހަދާ މިސްކިތް ހިމެނޭހެން 14 މިސްކިތެއް ރަމަޟާންމަހު ހުޅުވަނީ

އެސްޖޭއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ މިސްކިތް ---

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޖޭއިން އަޅާ މިސްކިތް ހިމެނޭހެން 14 މިސްކިތެއް އަންނަ ރަމަޟާން މަހަށް ހުޅުވަން މަސައްކަތްކުރާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ވިދާޅުވީ 14 މިސްކިތެއް ރަމަޟާން މަހަށް ހުޅުވަން މަސައްކަތްކުރާއިރު، އޭގެތެރެއިން ތިން މިސްކިތަކީ މާލެ ސަރަހައްދުގައި ހުޅުވާ މިސްކިތްކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
Article Inside

މަލެ ސަރަހައްދުގައި ހުޅުވާ ތިން މިސްކިތުގެ ތެރޭގައި ހިމެނެނީ ހިޔާ ފްލެޓުތައް ކައިރީ ސަލާޙުއްދީން ސްކޫލާ ޖެހިގެން އޮންނަ ބިމުގައި އެސްޖޭއިން ބިނާކުރާ މިސްކިތާއި ވިނަރެސް ފްލެޓުކައިރީ ބިނާކުރާ 1095 މީހުންގެ ޖާގައިގެ މިސްކިތުގެ އިތުރުން ފޭސް ދޭއްގެ ފިތުރޯނު މަގުގައި ހަދާ މިސްކިތެވެ. އެ މިސްކިތުގައި 521 މީހުންނަށް ނަމާދުކުރެވޭނެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރުވެސް ގިނަ މިސްކިތްތަކެއްގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ބައެއް މިސްކިތްތަކުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައިވެސް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.

ނިމިދިޔަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންވެސް ރާއްޖޭގެ އެކި ރަށްރަށުގައި މުޅިން އަލަށް 15 މިސްކިތެއް ނިންމައި ބޭނުންކުރަން ފަށާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް