Article Top
ވިޔަފާރި •

ވިޔަފާރި ކުރާ ތަންތަނުގައި ހުންނަ މުދަލުގައި އަގު ނުޖަހާ ނަމަ، ފިޔަވަޅު އަޅަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ވިޔަފާރި ކުރާ ތަންތަނުގައި ހުންނަ މުދަލުގައި އަގު ނުޖަހާ ނަމަ، ފިޔަވަޅު އަޅަނީ

ފިހާރައެއްގެ ހަރުތަކެއްގައި މުދާ ޖަހާފައި.

ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ހުންނަ މުދަލުގައި އަގު ޖަހަން ޖެހޭނެ ކަމަށާއި، ކަނޑަ އަޅާފައިވާ ގޮތަށް މުދަލުގައި އަގު ނުޖަހާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ މުދަލުގައި މުދާ ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނެހެން މުދަލު އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާ އެ މިނިސްޓްރީ އަށް ލިބެމުން އަންނަ ކަމަށެވެ.

Advertisement
Article Inside

އެހެންކަމުން ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނު)ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާާ ގޮތުގެ މަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭ ގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް އެ ބަޔާނުގައި ފަހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އެ މިނިސްޓްރީ އިން ބުނެފައި ވަނީ މުދަލުގެ އަގު ޖަހާފައި ކަމަށް ބެލެވޭނީ، މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓުކޮށް ނުވަތަ ހަރުކޮށްފައި ހުރުން ކަމަށެވެ. އެހެން ނޫން ނަމަ، އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާ އެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭ ގޮތަށް ހުރުން ކަމަށް ބުނެފައިވެ އެވެ.

މިނިސްޓްރީ އިން ވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މުދަލުގެ އަގު ސާފުކޮށް ފެންނަން ހުންނާނެހެން ބެހެއްޓުމަށް އިލްތިމާސްކޮށްފައި އެވެ. އެއާއެކު މިނިސްޓްރީ އިން ވަނީ އެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އިންސްޕެކްޓުކޮށް މޮނިޓާކޮށް، ޤާނޫނާ ޚިލާފަށް އަގު ނުޖަހައި ވިޔަފާރި ކުރާ ފަރާތްތަކާ އެކު، އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް