އެފްއޭއެމް އަތޮޅު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 20 ގެ ނިޔަލަށް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މިދިޔަ އަހަރު އޮތް އެޓޯލް ޗެމްޕިއަންޝިޕްގެ މެޗެއްގައި. -- ފޮޓޯ/ އެފްއޭއެމް
މި ސީޒަންގެ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ މަހުގެ 17 ގައި ފެށުމަށް ތާވަލުކޮށް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެފްއޭއެމުން ހުޅުވާލައިފިއެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ރަށްރަށުން މި މަހުގެ 20 ގެ ކުރިން އެފްއޭއެމްގެ ކޮމްޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ.
https://famcompetitions.com/?tournament=tour_aj372ufe&apply=true
ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރަތަމަ މަރުހަލާ ކަމަށްވާ އެޓޯލް ޗެމްޕިއަންޝިޕްގެ މުހިންމު ނުކުތާތައް:
- އަތޮޅު މުބާރާތް ބާއްވާނީ ކޮންމެ އަތޮޅެއްގެ ވެސް އެއް ރަށުގައި ނުވަތަ ރަށްތަކެއް ގުޅިގެންނެވެ.
- ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ރަނަރަފް ޓީމު ކޮލިފައިވާނީ ސަބް ޒޯން މަރުހަލާއަށެވެ.
- ސަބް ޒޯންތަކުގެ ގަދަ ދެ ޓީމު ކޮލިފައިވާނީ ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ސަރަހައްދީ ލީގު ނުވަތަ ރީޖަން ލީގަށް.
- ސަރަހައްދީ ލީގުގެ ޗެމްޕިއަން ޓީމަށް ދިވެހި ލީގުގެ ކޮލިފައިން ބުރުން ޖާގަ ލިބޭނެއެވެ.
- ޕްރިމިއާ ލީގުގެ ޖާގަ: ހަތަރު ސަރަހައްދުގެ ޗެމްޕިއަނުންނާއި ޕްރިމިއާ ލީގުގެ ހަތްވަނަ އާއި އަށްވަނަ ޓީމާ އެކު ޖުމްލަ ހަ ޓީމު ވާދަކުރާ ކޮލިފަޔާސްގެ ގަދަ 4 ޓީމަށް ދެން އޮންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ. (މިސާލަކަށް، މި ހަފުތާގައި ފަށާ ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދުއާއި ގދ. ގައްދޫއަކީވެސް މި މަރުހަލާތައް ކަޑަތުކޮށް ލީގަށް ކޮލިފައިވި ދެ ޓީމު.)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް