ޚަބަރު

ރައްޔިތުންނަށް އާމްދަނީ ދިނުމަށް ހަދާ ރިސޯޓުތަކުގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރައްޔިތުންނަށް އާމްދަނީ ދިނުމަށް ހަދާ ރިސޯޓުތަކުގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ހުރިހާ ރައްޔިތުންނަށް ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން މިންވަރެއް ހޯދައިދިނުމަށް ސަރުކާރުން ތަރައްގީކުރާ 10 ރިސޯޓުގެ ތެރެއިން ބައެއް ރިސޯޓުތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ ބަޔާނުގައި ދިހަ ރިސޯޓު ތަރައްގީކޮށް ހުރިހާ ރައްޔިތުންނަށް ރިސޯޓުތަކުގެ އާމްދަނީން ތަނަވަސްކަން ލިބޭނެ ގޮތަށް ކަންކަން އިންތިޒާމުކުރައްވާނެ ކަމުގައި ވިދާޅުވި ބަސްފުޅަކީ އެމަނިކުފާނު ރިޔާސީ ބަޔާނުގައި ވިދާޅުވި ޖުމްލައެއް އެކަނި ނޫންކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު އެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބަށް ބަލާއިރު ރިސޯޓު ތަރައްގީކުރާނެ ރަށްތަކާއި ފަޅުތައް މި ހަފުތާތެރޭގައި ނިމިގެންދާނެއެވެ. އަދި އެމަނިކުފާނު އުންމީދުކުރައްވަނީ އަންނަ ނޮވެންބަރު މަހުގައި އެއިން ބައެއް މަޝްރޫއތަކުގެ މަސައްކަތް ފެށިގެންދާނެކަމަށް ކަމުގައި ވިދާޅުވިއެވެ. 

މި މަޝްރޫއު ނިމުމުގެ ނަތީޖާއަކަށްވާނީ ދިވެހި ކޮންމެ ރައްޔިތަކީ ރިސޯޓެއްގެ ހިއްސާރަކަށްވުމާއެކު، ކޮންމެ ދިވެއްސެއްގެ އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާވުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިއުލާނުކުރެއްވީ 10 ރިސޯޓެއް ތަރައްގީކޮށް ކޮންމެ އަހަރަކު ކޮންމެ ދިވެއްސަކަށް އެ ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ ތެރެއިން މިންވަރެއް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ބައެއް ރިސޯޓުތައް ތިން އަހަރު ތެރޭ ނިންމައިލެއްވުމަށް އަމާޒުކުރައްވާ ކަމަށެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް