ސިއްހީ ނިޒާމް ވަރުދަކޮށް، ފަރުވާއަށް މާލެ އަންނަންޖެހޭ މިންވަރު މަދުކުރަން ބޭނުން: ރައީސް
ލިޔުންތެރިޔާ
ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި ރައީސް ރައްޔިތަކާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް
ރަށްރަށުން ސިއްހީ ފަރުވާއަށް މާލެ އަންނަންޖެހޭ މިންވަރު މަދުކުރުމަށް ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
ރަށްރަށުން ލިބޭ ހިދުމަތްތައް އިތުރުކޮށް ފަރުވާއަށް މާލެ އަންނަންޖެހޭ މިންވަރު މަދުކުރުމަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެދެވޭ ބަދަލެއް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެގޮތުން މިހާރު ވެސް އާބާދީ މަދު ނަމަވެސް އެ ރަށަކާއި ކައިރީ އޮންނަ އާބާދީ ބޮޑު ރަށަކުން އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ.
މީގެއިތުރުން އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވަނީ ސިއްހީ ނިޒާމު ވަރުގަދަކޮށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދޭންޖެހޭކަމަށް ވެސް ވިދާޅުވެފައެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް މުޖުތަމައުގައި މިހާރަށްވުރެ ބޮޑަށް ޝާމިލުކޮށް އެ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަށްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް