Article Top
ކުޅިވަރު •

އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ޕްރެޝަރެއް ނެތް، ބޭނުންވަނީ މޮޅެއް: މުސްތަޓޭ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ޕްރެޝަރެއް ނެތް، ބޭނުންވަނީ މޮޅެއް: މުސްތަޓޭ

މުސްތަޓޭ -- ފޮޓޯ/ ދިއްދޫ ސްޕޯޓްސް

ިވެހި ޕްރިމިއާ ލީގުގައި މިއަދު ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، ޓީމަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި އަމާޒަކީ ރަނގަޅު ފައިޓެއްދީގެން ތިން ޕޮއިންޓް ހޯދުން ކަމަށް ދިއްދޫ ސްޕޯޓްސްގެ ކޯޗު އިބްރާހީމް މޫސާ (މުސްތަޓޭ) ބުނެފިއެވެ.

ލީގުގައި މިހާތަނަށް ކުޅުނު 4 މެޗުން 4 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައި ދިއްދޫ އޮތްއިރު، އެންމެ ފަހުން އަމިއްލަ ރަށުގައި ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މީގެ އިތުރުން ބުރު ސްޕޯޓްސް އަތުން 1-0 އިން މޮޅުވެ، ވިކްޓަރީއާ ދެކޮޅަށް 4-3 އިން ބަލިވި ނަމަވެސް ވާދަވެރި ކުޅުމެއް ދައްކާފައިވެ އެވެ.

Advertisement
Article Inside

މިއަދުގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން މޫސާތަޓޭ ބުނީ، މުޅި މެނޭޖްމަންޓާއި ކުޅުންތެރިން އަދި ސަޕޯޓަރުން ގުޅިގެން ކުރާ މަސައްކަތުން ކުރިއަށްހުރި މެޗުތަކުގައި ސަޕްރައިޒިން ނަތީޖާތަކެއް ނެރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"އަޅުގަނޑުމެންގެ ކުޅުމާމެދު ސަޕޯޓަރުންނާއި ފުޓްބޯޅަ އާއިލާއިން ދެކޭ ގޮތަކީ އަޅުގަނޑުމެންނަށް އޮތް ޕްރެޝަރެއް ނޫން. އޭގެ ބަދަލުގައި މަސައްކަތް ކުރަނީ ކޮންމެ ދުވަހަކުވެސް ކާމިޔާބީ ތަކުރާރުކޮށް ޓީމު ކުރިއަށްގެންދަން. އިދިކޮޅަށް ނުކުންނަ އީގަލްސްއަކީ ގައުމީ ޓީމުގެ ކުޅުންތެރިން ތިބި ވަރުގަދަ ޓީމެއް. ނަމަވެސް، އަޅުގަނޑުމެން ނުކުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެ، ސަޕޯޓަރުންގެ ކުރިމަތީގައި ރަނގަޅު ނަތީޖާއެއް ހޯދަން،" މުސްތަޓޭ ބުންޏެވެ.

މިއަދު ދިއްދޫއާ ދެކޮޅަށް ނުކުންނަ ކްލަބް އީގަލްސް އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ.

ދިއްދޫ އާއި އީގަލްސް ބައްދަލުކުރާ މެޗު މިއަދު 3:45 ގައި ދިއްދޫ ދަނޑުގައި ކުޅޭނެ އެވެ.ިވެހި ޕްރިމިއާ ލީގުގައި މިއަދު ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، ޓީމަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި އަމާޒަކީ ރަނގަޅު ފައިޓެއްދީގެން ތިން ޕޮއިންޓް ހޯދުން ކަމަށް ދިއްދޫ ސްޕޯޓްސްގެ ކޯޗު އިބްރާހީމް މޫސާ (މުސްތަޓޭ) ބުނެފިއެވެ.

ލީގުގައި މިހާތަނަށް ކުޅުނު 4 މެޗުން 4 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައި ދިއްދޫ އޮތްއިރު، އެންމެ ފަހުން އަމިއްލަ ރަށުގައި ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މީގެ އިތުރުން ބުރު ސްޕޯޓްސް އަތުން 1-0 އިން މޮޅުވެ، ވިކްޓަރީއާ ދެކޮޅަށް 4-3 އިން ބަލިވި ނަމަވެސް ވާދަވެރި ކުޅުމެއް ދައްކާފައިވެ އެވެ.

މިއަދުގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން މުސާތަޓޭ ބުނީ، މުޅި މެނޭޖްމަންޓާއި ކުޅުންތެރިން އަދި ސަޕޯޓަރުން ގުޅިގެން ކުރާ މަސައްކަތުން ކުރިއަށްހުރި މެޗުތަކުގައި ސަޕްރައިޒިން ނަތީޖާތަކެއް ނެރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"އަޅުގަނޑުމެންގެ ކުޅުމާމެދު ސަޕޯޓަރުންނާއި ފުޓްބޯޅަ އާއިލާއިން ދެކޭ ގޮތަކީ އަޅުގަނޑުމެންނަށް އޮތް ޕްރެޝަރެއް ނޫން. އޭގެ ބަދަލުގައި މަސައްކަތް ކުރަނީ ކޮންމެ ދުވަހަކުވެސް ކާމިޔާބީ ތަކުރާރުކޮށް ޓީމު ކުރިއަށްގެންދަން. އިދިކޮޅަށް ނުކުންނަ އީގަލްސްއަކީ ގައުމީ ޓީމުގެ ކުޅުންތެރިން ތިބި ވަރުގަދަ ޓީމެއް. ނަމަވެސް، އަޅުގަނޑުމެން ނުކުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެ، ސަޕޯޓަރުންގެ ކުރިމަތީގައި ރަނގަޅު ނަތީޖާއެއް ހޯދަން،" މުސްތަޓޭ ބުންޏެވެ.

މިއަދު ދިއްދޫއާ ދެކޮޅަށް ނުކުންނަ ކްލަބް އީގަލްސް އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ.

ދިއްދޫ އާއި އީގަލްސް ބައްދަލުކުރާ މެޗު މިއަދު 3:45 ގައި ދިއްދޫ ދަނޑުގައި ކުޅޭނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް