ދިއްދޫއާ އެއްވަރުވެ އީގަލްސް އެއްވަނައަށް އެރުމުގެ ފުރުސަތު ނަގާލައިފި
ލިޔުންތެރިޔާ
ދިއްދޫއާ އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޑީޕީއެލް
ދިރާގު ދިވެހި ޕްރިމީހާ ލީ،ގުގައި ދިއްދޫ އާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، އީގަލްސް ލީގުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 43 ވަނަ މިނިޓުގައި އީގަލްސްއަށް ލީޑުނަގައިދިނީ މުހައްމަދު ޖައިލަމް (އޮގީ) އެވެ. ދެވަނަ ހާފުގައި ދިއްދޫން ލީޑުނެގީ ޕެނަލްޓީއަކުންނާއި، 74 ވަނަ މިނިޓުގައި ޓެޓޭ ގިޑިއޯން ޖެހި ގޯލަކުންނެވެ. އެ ޓީމަށް 54 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ ޖަހައިދިނީ ޗިއާ ފެލިކްސް ގަވިން އެވެ.
ފުރަތަމަ 15 މިނިޓް ތެރޭ ދިއްދޫ އަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ޓެޓޭ ފޮނުވާލި ނަމަވެސް ކީޕަރު ސާގިބް ހަނީފް ވަނީ ދިފާއު ކޮށްފަ އެވެ.
އީގަލްސް އެއްވަރު ކުރީ 89 ވަނަ މިނިޓުގައި ވެން ޑޭމް ހާމޮން ޖަހައިދިން ގޯލަކުންނެވެ.
މި މެޗުގެ 66 ވަނަ މިނިޓުގައި އީގަލްސްގެ އަލީ އިޝްފާގު (އިސްޕަ) އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ދިއްދޫގެ އާދަމް ޘިޔާން މުހައްމަދަށް ވެސް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
މި ނަތީޖާއާ އެކު ވިކްޓަރީ އާއި އީގަލްސް އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެއްވަނައިގައި އޮތީ ވިކްޓަރީ އެވެ. އީގަލްސް އޮތީ ދެވަނައިގަ އެވެ. ދިއްދޫ އޮތީ ފަސް މެޗުން ހޯދި ފަސް ޕޮއިންޓާ އެކު ހަތްވަނައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް