މިދިޔަ ހަފުތާގައި ކޯސްޓު ގާޑުން ފަންސާހަށްވުރެ ގިނަ ބަލިމީހުން އުފުލައިފި
ލިޔުންތެރިޔާ
ވޭތުވެދިޔަ ހަފުތާގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ސިއްހީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 53 މެޑިކަލް އިވެކުއޭޝަން ހަދައިފި އެވެ.
އެމްއެންޑީއެފުން ކުރި އެކްސް ޕޯސްޓެއްގައި ބުނީ އޭގެ ތެރޭގައި ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން 34 އިވެކުއޭޝަން ދަތުރާއި، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދެ އިވެކުއޭޝަން ދަތުރާއި، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން 11 އިވެކުއޭޝަން ދަތުރު ކޮށްދީފައިވާއިރު، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން 11 އިވެކުއޭޝަން ދަތުރު ވަނީ ކޮށްދީފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މިއީ މިމަހުގެ 8 ން 15 އަށް ކުރިއަށް ގެންގޮސްފައިވާ އިވެލުއޭޝަންތައް ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި ސީ އެމްބިއުލާންސްއާއި އެއާ އެމްބިއުލާންސްގެ ޚިދުމަތް ވެސް ދެމުން އަންނައިރު، އެ ދެ ޚިދުމަތް ފުޅާ ކުރުމަށް ސަރުކާރުން އަަންނަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް