Article Top
ޚަބަރު •

ތާރީޚީ ތަސައްވުރެއް: 2029 ވަނަ އަހަރުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީ އަށް މާލީ މިނިވަންކަން

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ތާރީޚީ ތަސައްވުރެއް: 2029 ވަނަ އަހަރުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީ އަށް މާލީ މިނިވަންކަން

ހުޅުމާލޭގައި އިމާރާތް ކުރާ ވަޤުފް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު އާއި އިސްލާމިކް މިނިސްޓަރު ޝަހީމް.

2029 ވަނަ އަހަރުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީ އަށް މާލީ މިނިވަންކަން ލިބޭނެ ކަމުގެ އުފާވެރި ޚަބަރާއެކު، އިސްލާމިކް މިނިސްޓްރީ ތާރީޚުން ޖާގަ ހޯދަން އަމާޒު ހިފައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، ވަޤުފް އިންވެސްޓްމަންޓުތަކާއި، ޒަކާތު ކަލެކްޝަންތަކުގެ ތެރެއިން ޕްރޮޖެކްޓް ކޮންބައިންކޮށް މިނިސްޓްރީ އަށް 250 މިލިއަން ދިވެހި ރުފިޔާ ލިބޭނެ ކަމަށެވެ. އެއާއެކު މުވައްޒަފުންގެ މުސާރަ ފިޔަވައި، އެހެނިހެން ކަންކަމުގައި ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަ ކުރެވޭނެ ކަމަށެވެ. އެގޮތުން އިސްލާމީ ކަންކަމާއި، ޙަރަކާތްތަކަށް އޭގެ ތެރެއިން ޚަރަދު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement
Article Inside

މީގެ އިތުރުން މިނިސްޓަރު ޝަހީމް ވިދާޅުވީ ޒަކާތު ފައިސާ ބަހާނީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ވަޤުފް އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާ ބޭނުން ކުރެވޭނީ އެ ފައިސާ އަށް ކަނޑައެޅިފައިވާ މަޤުސަދުތަކާ އެއްގޮތަށް ކަމަށެވެ. ހަމައެހެންމެ، މިނިސްޓްރީގެ މާލީ ބިންގަލެއް ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކޮށް، 2028 ވަނަ އަހަރު ނިމޭއިރު ވަޤުފްގެ އަށް މަޝްރޫއު ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ކުރެވޭ ވަރަށް ތާރީޚީ ކަމަކަށްވާއިރު، މިނިސްޓަރު ޝަހީމް ވިދާޅުވީ އެ ޙަރަކާތުގެ މަޤުސަދަކީ މިސްކިތް އެޅުމާއި ބިނާކުރުމާއި، އިސްލާމީ ތައުލީމާއި، އިމާމުންނާއި، ދީނީ އިލްމުވެރިންނަށް އެހީތެރިވުމާއި، ޤުރުއާން ތައުލީމީ ޕްރޮގްރާމްތައް އަދި ދެމެހެއްޓެނިވި ދީނީ އަދި މުޖުތަމައު ތަރައްޤީ ކުރުމުގެ ޕްރޮގްރާމްތައް ހިމެނޭ ގޮތަށް މުޅި ރާއްޖޭގެ އިސްލާމީ ތަރައްޤީ ކުރިއެރުވުމަށް ދިގު މުއްދަތަކަށް ޤާބިލުކަން ހަރުދަނާ ކުރުމަށް ކުރެވިގެންދާ ކަމެކެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، މާލީ މިނިވަންކަމާއި، ދެމެހެއްޓެނިވި ވަޤުފު ތަރައްޤީ ކުރުމާއި، އަންނަން އޮތް ޖީލުތަކަށް އިސްލާމީ ޚިދުމަތުގެ ދެމި އޮންނަ ތަރިކަ އަށް އެޅިފައިވާ މުހިންމު ބަދަލީ ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް