Article Top
ޚަބަރު •

ގަސްތުގައި ސައިކަލު ޖެއްސުމުން ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް މީހާގެ ގާތަށް މިނިސްޓަރު އިޙުސާން!

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ގަސްތުގައި ސައިކަލު ޖެއްސުމުން ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް މީހާގެ ގާތަށް މިނިސްޓަރު އިޙުސާން!

ފުލުސް މީހާގެ ގާތަށް ޒިޔާރަތް ކުރައްވައި މިނިސްޓަރު އިޙުސާން އޭނާގެ ޙާލު ބައްލަަވައި ހިތްވަރު ދެއްވަނީ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަންގައި ޑިއުޓީ އަދާ ކުރަނިކޮށް ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް، ހޯމް މިނިސްޓަރު އަލީ އިޙުސާން ޒިޔާރަތް ކުރައްވައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބުނެފައިވާ ގޮތުގައި، މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވެސް ބައިވެރިވި އެވެ. މި ޒިޔާރަތުގައި ހޯމް މިނިސްޓަރު އިޙުސާން ވަނީ ފުލުސް މީހާގެ ޙާލު ބެއްލެވުމުގެ އިތުރުން، އޭނާ އަށް ހިތްވަރު ވެސް ދެއްވައިފަ އެވެ.

Advertisement
Article Inside

ހަމައެހެންމެ މިނިސްޓަރު އިޙުސާން ވަނީ އެއްވެސް ފަސްޖެހުމެއް ނެތި ޤައުމީ ވާޖިބު އަދާކުރުމުގައި އެ އޮފިސަރު ދެއްކެވި ހިތްވަރާއި، ސާބިތުކަން ފާހަގަ ކުރައްވައި، ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތް ފާހަގަ ކުރައްވާފައި އެވެ. އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ޤާނޫނު ތަންފީޒު ކުރުމުގައި ފުލުހުންގެ އޮފިސަރުން ވަމުންދާ މަތިވެރި ޤުރުބާނީ މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެ އިތުރުން މިނިސްޓަރު އިޙުސާން ވަނީ މި ދަތި ދަނޑިވަޅުގައި އެ އާއިލާ އަށް ވެސް ހިތްވަރު ދެއްވައިފަ އެވެ. އަދި ބޭނުންވާ އެންމެހާ އެހީތެރިކަމާއި، އެއްބާރުލުން ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކުން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު އިޙުސާން ވަނީ ދެއްވައިފަ އެވެ.

މި ހާދިސާ ހިނގާފައި ވަނީ އާދީއްތަ ދުވަހުގެ ފަތިހު، 04:29 ހާއިރު އެވެ. ސިނަމާލެ ބްރިޖުގެ ހައިވޭ އިން މާލެ އިން ހުޅުމާލެ އަށް ދަތުރުކުރާ ލޭންގައި ހިނގި މި ހާދިސާގައި ފުލުސް މީހާ އަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް