Article Top
ޚަބަރު •

ވޯލްޑް ލީޑިން ޑެސްޓިނޭޝަން އަށް 7 ވަނަ ފަހަރަށް ރާއްޖެ ނޮމިނޭޓުވެއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ވޯލްޑް ލީޑިން ޑެސްޓިނޭޝަން އަށް 7 ވަނަ ފަހަރަށް ރާއްޖެ ނޮމިނޭޓުވެއްޖެ

ރާއްޖޭގެ ރިސޯޓެއް - ފޮޓޯ /ސޯޝަލް މީޑިއާ

ވޯލްޑް ޓްރެވަލް އެވޯޑްސް އިން ހޮވާ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން 2026" އަށް ދިވެހިރާއްޖެ ނޮމިނޭޓުވެއްޖެ އެވެ.

މިއަހަރުގެ އެވޯޑަށް ވޯޓުލުމުގެ ސުން ގަޑި އަކީ މި ހިނގާ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެ ކުރިން ޖެހި ޖެހިގެން ހަ ފަހަރު ރާއްޖެ އިން މި އެވޯޑު ހޯދާފައިވާއިރު، ހަތް ވަނަ ފަހަރަށް ވެސް މި އެވޯޑު ހޯދުމުގެ ފުރުސަތު ރާއްޖެ އަށް އެބަ އޮތެވެ.

Advertisement
Article Inside

އެންމެ ފުރަތަމަ ރާއްޖެ އިން ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ހޯދީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން މި ފާއިތުވި ހަ އަހަރު ވެސް މި އެވޯޑު ހޯދާފައި ވަނީ ރާއްޖެ އިންނެވެ. ރާއްޖެ އަށް މި އެވޯޑު ލިބުމަކީ، ރާއްޖެ އާއި ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މި އެވޯޑު ދޭން ފެށީ 1993 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް