އަންހެން ވޮލީބޯޅަ ލީގު: އެމްޓީސީސީ އާއި ޕޮލިހަށް ރަނގަޅު ފެށުމެއް
ލިޔުންތެރިޔާ
ލީގުގެ ފުރަތަމަ މެޗުގެތެރެއިން -- ފޮޓޯ/ވީއޭއެމް
ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ވާދަކުރާ އެމްޓީސީސީއާއި ޕޮލިސް ކުލަބުން މުބާރާތުގެ ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފި އެވެ.
މިއަހަރުގެ އަންހެން ޑިވިޝަނުގައި ފަސް ކުލަބަކުން ވާދަކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ ޕޮލިހާއި، އެމްޓީސީސީ، ހުރާ ކޮމިއުނިޓީ ކުލަބު، ކުލަބު ވެމްކޯގެ އިތުރުން ސިޓީ ފްރެންޑްސް ކުލަބެވެ. މީގެ ތެރެއިން އެމްޓީސީސީއާއި ސިޓީ ފްރެންޑްސް ކުލަބަކީ މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ދެ ޓީމެވެ.
އިއްޔެ ހަވީރު ފެށި ލީގުގެ ފުރަތަމަ މެޗުގައި ސިޓީ ފްރެންޑްސް ކުލަބާ ދެކޮޅަށް ނުކުތް އެމްޓީސީސީ މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު އެމްޓީސީސީން ފަސޭހަކަމާއެކު 25-11 އިން ގެންދިޔަ ނަމަވެސް، ދެވަނަ ސެޓު 25-21 އިން ކާމިޔާބުކޮށް ސިޓީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް، ފޯރިގަދަ ކުޅުމަކަށްފަހު ތިންވަނަ ސެޓު 26-24 އިން އަދި ހަތަރުވަނަ ސެޓު 25-12 އިން ކާމިޔާބުކޮށް އެމްޓީސީސީން ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ.
މީގެ އިތުރުން، ރޭ ކުޅުނު ލީގުގެ ދެވަނަ މެޗުގައި ޕޮލިސް ކުލަބުން ވަނީ ސީދާ ތިން ސެޓުން ހުރާ ކޮމިއުނިޓީ ކުލަބުގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-23، 25-18 އަދި 25-22 އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް