Article Top
ޚަބަރު •

ހުޅުމާލާގެ 220 އެޕާޓްމަންޓެއްގައި އެޗްޑީސީ އިން ރެއިލިން ހަރުކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ހުޅުމާލާގެ 220 އެޕާޓްމަންޓެއްގައި އެޗްޑީސީ އިން ރެއިލިން ހަރުކޮށްފި

ހުޅުމާލޭގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ކުރިއަށް ގެންދަނީ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުން ހުޅުމާލޭގައި ހުރި އެއްމެދު އިމާރާތްތަކުގެ ތެރެއިން 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިއީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތަކުގެ ސަލާމަތާއު ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤުސަދުގައި އެ ކުންފުނިން ކުރިއަށް ގެންދާ މަސައްކަތެކެވެ. ރެއިލިން ހަރުކުރުމުގެ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެޗްޑީސީ އިން ހުޅުވާލި ފުރުސަތުގައި 1،011 އެޕާޓްމަންޓަކުން ވަނީ ރެއިލިން ހަރުކުރުމުގެ އެހީތެރިކަަމަށް އެދިފައި އެވެ.

Advertisement
Article Inside

އާދީއްތަ ދުވަހު އެޗްޑީސީ އިން ބުނެފައި ވަނީ އެ މަސައްކަތުގެ ތެރެއިން، މިހާތަނަށް 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކުރެވިފައިވާ ކަމަށެވެ. 220 އެޕާޓްމަންޓެއްގެ 273 ކުޑަ ދޮރުގައި ރެއިލިން ހަރުކޮށްފައިވާއިރު، އަދިވެސް އެޗްޑީސީ އިން އަންނަނީ ރެއިލިން ހަރުކުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

މިއީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ހުޅުމާލޭގައި ހުރި އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް