119 ރަށެއްގައި ފިޓްނަސް ސެންޓަރުގެ މަސައްކަތް ކުރިއަށް، އަންނަ އަހަރު ނިންމާލެވޭނެ: މިނިސްޓަރު ރާފިއު
ލިޔުންތެރިޔާ
"އަހާ ފޯރަމް"ގައި މިނިސްޓަރ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ސްޕޯޓްސް މިނިސްޓްރީ
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، މިހާރުވެސް 119 ރަށެއްގައި އެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
"އަހާ ފޯރަމް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، މިހާތަނަށް 8 ރަށެއްގެ އެފްއާރުސީ ސެންޓަރުގެ މަސައްކަތް މުޅިން ނިމި، އެ ތަންތަނަށް ބޭނުންވާ ސާމާނު ހޯދުމަށް މިހާރު އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް މަސައްކަތް ނުފެށި ހުރި ރަށްތަކުގައިވެސް މިއަހަރު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށުމަށް ވުޒާރާއިން ބާރުމުވެއްޔެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް 2027 ވަނަ އަހަރުގެ ފަހުކޮޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދެވޭނެ ގޮތަށް ބައްޓަންވެގެން ދިއުން. އަދި އެތަންތަން ބެލެހެއްޓޭނެ ގޮތަށް އެތަންތަނަށް ބަޖެޓް ކުރެވިގެން މަރާމާތުކުރެވިގެން ކުރިއަށްދިއުން.
ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ރާއްޖޭގެ ހުރިހާ ރަށެއްގައި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މި މަސައްކަތުގެ ދަށުން، މި ދައުރުގެ ތެރޭގައި ހުރިހާ ރަށެއްގެ މަޝްރޫޢުތައް މުޅިން ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ދެއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް