މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްވަރު 14 ގައި، ރަޖިސްޓްރީވުމަށް ހުޅުވާލައިފި
ލިޔުންތެރިޔާ
2025 ވަނަ އަހަރު ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ތެރެއިން.
ޕެންޝަން އޮފީހުން ކުރިއަށް ގެންދާ މޯލްޑިވްސް ފައިނޭންސް ފޯރަމް އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ބާއްވަން ނިންމައި، އެ ފޯރަމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިފަހަރު މި ބާއްވަނީ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 13 ވަނަ އެޑިޝަން އެވެ. މިފަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފއި ވަނީ ދުސިތުޑީ2 މޯލްޑިވްސްގައި އެވެ. ޕެންޝަން އޮފީހުން ކުރިއަށް ގެންދާ މި ފޯރަމްގައި ގިނަ އަދަދެއްހެ ފަރާތްތަކުން ބައިވެރިވެ އެވެ.
ޕެންޝަން އޮފީހުން ބުނެފައިވާ ގޮތުގައި މިއަހަރުގެ ފޯރަމްގެ ޝިއާރެއްގެ ގޮތުގައި ކަނޑަ އަޅާފައި ވަނީ "ގްރީން ފައިނޭންސް، އަންލޮކިން ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" އެވެ.
މިއީ މައިގަނޑު ގޮތެއްގައި ރާއްޖޭގެ މާލީ ކުރިއެރުމާާއި، އިޤްތިޞާދީ ދާއިރާ އަދި ދިގު މުއްދަތަަކށް ބޭނުންވާ ރައުސްމާލު ހޯދާނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމަށް ބާއްވާ ފޯރަމް އެކެވެ. މި ފޯރަމްގައި ރާއްޖޭގެ އިތުރުން، ބައިނަލްއަޤުވާމީ އެކި އެކި ފަރާތްތަކުން ވެސް ބައިވެރިވެ އެވެ.
ޕެންޝަން އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ފޯރަމްގައި މޫސުމަށް އަންނަ ބަދަލުތަކާއި، އިއާދަކުރަނަވި ހަކަތައިގެ ދާއިރާާ އާއި، އުމްރާނީ ވަސީލަތްތައް ހިމެނޭހެން، މުހިންމު ދާއިރާތަަކަށް އަލިއަޅުވާލައި މަޝްވަރާ ކުރެވިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް