ޕާކިސްތާން އިން ރައީސް މުޢިއްޒު އަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި
ލިޔުންތެރިޔާ
ޕާކިސްތާން އިން ރައީސް މުޢިއްޒު އަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ތެރެއިން.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިހާާރު ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި އެވެ.
ބުދަ ދުވަހު ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ހުންނަ އެ ޤައުމުގެ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުން ރައީސް މުޢިއްޒު އަށް މަރުޙަބާ ދެންނެވީ ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އެވެ. ރައީސް މުޢިއްޒު އަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ގާޑް އޮފް އޮނާއެއް އަރުވާފައިވާއިރު، ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ވެސް ޖަހީ ކުޅެފައި އެވެ.
މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާން އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، ޕާކިސްތާންގެ ރައީސް އާސިފް އަލީ ޒަރްދާރީއާ ވެސް ބައްދަލު ކުރައްވާނެ އެވެ.
އަނެއްކޮޅުން ރައީސް މުޢިއްޒު ޕާކިސްތާނަށް ވަޑައިގެންފައި މި ވަނީ ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު މުނާސަބަތާ ވެސް ދިމާކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް