ޕާކިސްތާންގެ ބޮޑު ވަޒީރުގެ ގެކޮޅުގައި ރައީސް ގަހެއް އިންދަވައިފި
ލިޔުންތެރިޔާ
ޕާކިސްތާންގެ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގައި ރައީސް މުޢިއްޒު ގަހެއް އިންދަވަނީ.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގައި ގަހެއް އިންދަވައިފި އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ޕާކިސްތާން އަށް ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އެވެ. ބުދަ ދުވަހު ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވަނީ ރައީސް މުޢިއްޒު އަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފަ އެވެ.
ރަސްމީ މަރުޙަބާ ދެންނެވުމަށް ފަހު ރައީސް މުޢިއްޒު ވަނީ، އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާންގެ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގއި ކުޑަ ގަހެއް އިންދަވައިފަ އެވެ. ޕާކިސްތާންގެ ބޮޑު ވަޒީރުގެ އޮފީހުން ވަނީ ސޯޝަލް މީޑިއާގައި އެ ފޮޓޯ ހިއްސާކުރައްވައިފަ އެވެ.
ޤައުމުތަކުގެ ވެރިން ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގަންނަވާއިރު، ރަސްމީ ޙަރަކާތުގެ ގޮތުގައި ގަހެއް އިންދެވުމަކީ އާންމު ގޮތެއްގައި ކުރިއަށް ގެންދާ ކަމެކެވެ. ރައީސް މުޢިއްޒު މިހާރު ޕާކިސްތާން އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑު ވަޒީރުގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް