ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު 20 އެމްއޯޔޫއެއްގައި ސޮއި ކޮށްފި
ލިޔުންތެރިޔާ
ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އާއި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު.
ދިވެހިރާއްޖެ އާއި ޕާކިސްތާންއާ ދެމެދު 20 މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޫޔޫ)އެއްގައި ސޮއި ކޮށްފި އެވެ.
މި އެމްއޯޔޫ ތަކުގައި ސޮއި ކޮށްފައި ވަނީ ބުދަ ދުވަހު ޕާކިސްތާންގެ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގައި އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން، ދެ ޤައުމުގެ ސަރުކާރުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ.
ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ސޮއި ކުރެވުނު އެމްއޯޔޫ ތަކުގައި މައިގަނޑު ދާއިރާ ތަކުގެ ތެރޭގައި ހިމެނެނީ ޞިއްޙީ ދާއިރާާ އާއި، ތައުލީމީ ދާއިރާ އާއި، ދިފާއީ ދާއިރާ އާއި، ވިޔަފާރީގެ ދާއިރާ އާއި، އިންވެސްޓްމަންޓުގެ ދާާއިރާ އާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި މީހުން ތަަމްރީނުކުރުމުގެ ދާއިރާގެ އިތުރުން މެރިޓައިމް ސެކިިއުރިޓީގެ ދާއިރާ ހިމެނެ އެވެ.
އެމްއޯޔޫ ތަކުގައި ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ވަނީ، އެކަންކަން އަމަލީ ގޮތުން ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ. އަދި ރާއްޖެއާ އެކު އޮންނަ ގުޅުން އަބަދު ވެސް ކުރިއަށް ގެންދަވާާނެ ކަމުގެ ޔަޤީންކަން ވެސް ވަނީ ދެއްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް