Article Top
ކުޅިވަރު •

ލީގާ އެއްވަރަށް ރެފްރީންގެ ފެންވަރު ރަނގަޅުވާން ޖެހޭ: ބެންޖޯ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ލީގާ އެއްވަރަށް ރެފްރީންގެ ފެންވަރު ރަނގަޅުވާން ޖެހޭ: ބެންޖޯ

ބެންޖޯ ޕްރެސްގައި ވާހަކަދައްކަނީ -- ފޮޓޯ/އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގު މިހާރަށް ވުރެ ބޮޑަށް ކުރިއަރައި ފެންވަރު ރަނގަޅުވާނީ ކްލަބްތަކާއި ކުޅުންތެރިން ކުރާ މަސައްކަތާ އެއްވަރަކަށް ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން ކަމަށް ކްލަބް އީގަލްސްގެ އެސިސްޓެންޓް ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ) ބުނެފި އެވެ.

އީގަލްސްއިން އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވި މެޗުގައި ރެފްރީންގެ ފަރާތުން ފެނުނު ގޯސް ނިންމުންތަކަށް ފާޑުކިޔަމުން ބެންޖޯ ފާހަގަކުރި ގޮތުގައި، ލީގުގެ ވާދަވެރިކަން މައްޗަށް ދާ ވަރަކަށް މެޗުތައް އިންސާފުކުރާ ރެފްރީންގެ ފެންވަރު މަތިވާން ޖެހޭނެ އެވެ. އަދި މިފަހަރުގެ ލީގުގައި ހުރިހާ ޓީމުތަކަކުންވެސް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ނުކުންނަ އިރު، ނަތީޖާއަށް ނުހައްގުން އަސަރުކުރާ ފަދަ ބޮޑެތި ގޯސްތައް ރެފްރީންގެ ފަރާތުން ފެނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

Advertisement
Article Inside

މި ލީގު ވަރުގަދަ ވާ ވަރަކަށް އެބަޖެހޭ ރެފްރީންގެ ސްޓޭންޑާޑް ވެސް ރަނގަޅުވާން. ޓީމުތަކުން ހަމައެކަނި މަސައްކަތްކޮށްގެނެއް ފުޓްބޯޅައެއް ރަނގަޅެއް ނުވާނެ. ޕްލޭޔަރުންނާއި ކްލަބްތަކުން މި ކުރާ މަސައްކަތާ އެއްވަރަށް، ލީގުގައި އެބަޖެހޭ ރެފްރީންގެ ސްޓޭންޑަޑް ވެސް ރަނގަޅުވާން.

މިދިޔަ ސީޒަނާ ހިލާފަށް މި އަހަރު އީގަލްސްގެ ފެށުން ވަރަށް ރަނގަޅުކަން ފާހަގަކުރަމުން، ޓީމުގެ ކޮންފިޑެންސް އިތުރުވެފައިވާ ކަމަށް ބެންޖޯ ބުންޏެވެ. އަދި ކުރިއަށް އޮތް މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވާނެ ކަމަށާއި، މިދިޔަ އަހަރުގެ ދެވަނަ ޓީމު އަދި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑިން މި ސީޒަނުގައި ވަރަށް ވަރުގަދަ ޕްރެސިންގް ގޭމެއް ކުޅެމުންދާ ކަމަށެވެ.

އީގަލްސްއާއި އޮޑި ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް