Article Top
ޚަބަރު •

ރަސްމާލެ މަޝްރޫއަށް އަޅުގަނޑު ތާއީދު ކުރަން: ރައީސް ނަޝީދު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރަސްމާލެ މަޝްރޫއަށް އަޅުގަނޑު ތާއީދު ކުރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ.

ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަށް ގެންދާ ބިޔަ ބޮޑު މަޝްރޫއަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ރަސްމާލެ މަޝްރޫއަށް އެމަނިކުފާނު ތާއީދު ކުރައްވާ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ބައެއް މެމްބަރުން ރަސްމާލެ މަޝްރޫއާ ދެކޮޅު ހަދަމުން އަންނަ ވަގުތެއްގައި އެވެ.

Advertisement
Article Inside

ހަމަ އެ ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރަސްމާލެ މަޝްރޫއުގެ ކަންތަކުގައި އެމަނިކުފާނުގެ އަމިއްލަ ވިސްނުމަކީ އެމްޑީޕީ އިން އިތުރަށް އެއްޗެއް ނުބުނުން ކަމަށެވެ. އެކަމަށް ތާއީދު ކުރައްވާ މެމްބަރުން އެކަން ފާހަގަ ކުރައްވަން އެދޭ ކަމަށާއި، ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ޖަލްސާއެއް ބާއްވަން ބޭނުން ނުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އާދެ އަޅުގަނޑު ޕްރޮޖެކްޓަށް ތާއީދު،" އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕުގައި އަކުރަމް ކަމާލުއްދީން ހިއްސާކުރި ވީޑިއޯ އަކަށް ރިޕްލައި ކުރައްވައި ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ބައެއް މެމްބަރުން ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަން ފެށުމާ އެކު، އެމަނިކުފާނު ވިދާޅުވީ އެކަމާ ދެކޮޅު ހެދުމަކީ އެމްޑީޕީ އަށް ވަރަށް ގެއްލުން ހުރި ކަމެއް ކަމަށެވެ. އަދި ޔޫއޭއީ އަކީ އެމްޑީޕީއާ ވެސް ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށް ރައީސް ނަޝީދުގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެއާއެކު ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ އިން ވާނީ ކުރިން ބަޔާނެއް ނެރެފައި ކަމަށާއި، އެ ބަޔާނާ އެއްގޮތަށް ކުރިއަށްދާން އެދޭ ކަމަށެވެ.

މީގެ ކުރިން ރައީސް ނަޝީދު ވަނީ އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލަައްބާރަށް ފުރައްސާރަ ކުރުމަކީ ވެސް ދިވެހިންނަށް އޮތް ގެއްލުމެއް ކަމަށް ވިދާޅުވެފައި އެވެ. ރާއްޖޭގައި ޔޫއޭއީގެ ވަރަށް ގިނަ އިންވެސްޓްމަންޓުތައް ހުރި ކަމަށާއި، އަލައްބާރަށް ފުރައްސާރަ ކުރާ ނަމަ އެ ފުރުސަތުަތއް ގެއްލިގެން ހިނގައިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

https://veekanonline.com/story/22-10-2026-1549-alabbar-ah-furahsaara-kurumakee-raajje-ah-gehlun-huri-kameh-raees-nasheed

ރަސްމާލޭގައި އީގަލް ހިލްސް އިން ކުރިއަށް ގެންދާ މަޝްރޫއާ ގުޅުވައި އިދިކޮޅު ފަރާތްތަކުން އަންނަނީ ދޮގު ވާހަކަތަކެއް ފަތުރަމުންނެވެ. އެހެން ނަމަވެސް، މި މަޝްރޫއަކީ ރާއްޖޭގެ ރައްޔިތުންނާއި، ރާއްޖޭގެ އިޤްތިޞާދަށް ނުހަނު ފައިދާހުރި މަޝްރޫއަކަށް ވާއިރު، ސަރުކާރުން އަންނަނީ މަޝްރޫއުގެ ރަނގަޅު މައުލޫމާތު ރައްޔިތުންނަށް ސާފު ކޮށްދެއްމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް