ޖިންސީ ގޯނާގެ މައްސަލައިގައި 9 މީހުން ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ފުލުހުންގެ މައި މަރުކަޒު ---
ދެކުނުގެ އަތޮޅުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން 9 މީހުން ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ހައްޔަރުކުރި 9 މީހުންނަކީ ވެސް ދިވެހިންކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.
އަޕަ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ އަންގާރަ ދުވަހެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ދެވެން ހުރި މައުލޫމާތު ދެމުން ގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް