މަޝްހޫރު ތަރި ރިޝްމީ ކައިވެނި ކޮށްފި
ލިޔުންތެރިޔާ
މިހުސޯ އާއި ރިޝްމީ ކައިވެނީގައި ނަގާފައިވާ ފޮޓޯ.
ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ ފިލްމީ ތަރި، އައިޝަތު ރިޝްމީ ކައިވެނި ކޮށްފި އެވެ.
ރިޝްމީ ކައިވެނި ކޮށްފައި ވަނީ އިވެންޓު މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ޗޮޕާޓުގެ ޑިރެކްޓަރެއް ކަމަށްވާ، މިހުސާ ޢަބްދުއް ސައްތާރު (މިހުސޯ)އާ އެވެ.
މިހުސޯ އާއި ރިޝްމީ ކައިވެނި ކުރިކަން ހާމަކޮށްފައި ވަނީ، މިހުސޯ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އެވެ. އެ ޕޯސްޓުގައި މިހުސޯ ލިޔެފައި ވަނީ، "އެންޑް ދެން ޝީ ބިކޭމްސް މައި ވައިފް، އަލްޙަމްދުލިﷲ" މިހެންނެވެ. މިހުސޯގެ ޕޯސްޓުގައި ރިޝްމީ ޓެގުކޮށްފައިވެ އެވެ.
ގިނަ ފިލްމުތަކަކުން ފެނިފައިވާ އަދި ނެށުމުގެ ދާއިރާގައި ވެސް މަޝްހޫރުކަން ހޯދާފައިވާ ރިޝްމީ ވަނީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައި އެވެ. އެންމެ ފަހުން ރިޝްމީ ކައިވެނި ކުރީ ފިލްމީ ތަރި ރަވީ ފާރޫޤުއާ އެވެ. އެންމެ ފުރަތަމަ ރިޝްމީ ކައިވެނި ކުރީ ފިލްމީ ތަރި އަޙުމަދު އަޒްމީލް (އަޒޭ)އާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް