Article Top
ޚަބަރު •

ހޯރަފުށީގައި ބެހެއްޓި 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓު ކޮމިޝަންކޮށް، ރަސްމީކޮށް ބޭނުން ކުރަން ފަށައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ހޯރަފުށީގައި ބެހެއްޓި 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓު ކޮމިޝަންކޮށް، ރަސްމީކޮށް ބޭނުން ކުރަން ފަށައިފި

ހޯރަފުށީގައި އަލަށް ބެހެއްޓި ޖެނެރޭޓަރު ސެޓު.

ހއ.ހޯރަފުށީގައި އަލަށް ބެހެއްޓި ޖެނެރޭޓަރު ސެޓު ކޮމިޝަން ކުރުމަށް ފަހު، ރަސްމީކޮށް ބޭނުން ކުރަން ފަށައިފި އެވެ.

ސްޓެލްކޯ އިން މައުލޫމާތު ދީފައިވާ ގޮތުގައި ހޯރަފުށީގައި އަލަށް ބަހައްޓާފައި ވަނީ 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓެކެވެ. އެ ސެޓު ކޮމިޝަން ކުރުމަށް ފަހު މިހާރު ރަސްމީކޮށް ބޭނުން ކުރަން ފަށާފައިވާއިރު، ސްޓެލްކޯ އިން ބުނީ އެ ރަށުގެ އިންސްޓޯލްޑް ކެޕޭސިޓީ ވަނީ 3،3 މެގަވޮޓް އަށް އިތުރު ކުރެވިފައި ކަމަށެވެ.

Advertisement
Article Inside

މީގެ އިތުރުން ސްޓެލްކޯ އިން ބުނީ އައު ޖެނެރޭޓަރު ސެޓު ރަސްމީކޮށް ބޭނުން ކުރަން ފެށުމާ އެކު، ހޯރަފުއްޓަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރަށުގެ ތަރައްޤީ އާއި ރައްޔިތުންނަށް ލުއި ފަސޭހަ ތަކެއް ލިބިގެން ދާނެ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭނީ ސްޓެލްކޯ އިންނެވެ. ބައެއް ރަށް ރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުން އައި ފެނަކަ ކޯޕަރޭޝަން އުވާލުމަށް ފަހު، ފެނަކައިގެ ދަށުން ކުރަމުން އައި މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ. އެއާއެކު ސްޓެލްކޯ އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހުރި އިންޖީނުގެތަކާ ހަވާލުުވުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް