މަޚްލޫފް ކިޔައި ދެއްވީ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން ޖެހޭ ސަބަބުތައް!
ލިޔުންތެރިޔާ
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން މަޚްލޫފް ވާހަކަ ދައްކަވަނީ - ފޮޓޯ/ޕީއެސްއެމް
ސަރުކާރުން އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން އުޅޭ ރަސްމާލެ މަޝްރޫއާ މެދު އިދިކޮޅު ފަރާތްތަކުން ގިނަ ތުހުމަތުތަކެއް ކުރަމުން އަންނައިރު، އިދިކޮޅު ލީޑަރުން ބިރު ގަންނަންވީ ކީއްވެ ކަަމަށް ބުނެ ދިވެހިރާއްޖެ އިން ޖަޕާން އަށް ކަނޑަ އަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚްލޫފް ސުވާލު އުފައްދަވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަޚްލޫފް ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށުމާއެކު ފުރަތަމަ ބުނަމުން ދިޔައީ އެއީ ބޭކާރު ވެލިގަނޑެއް ކަމަށެވެ. އަދި އެ ތަނުގައި ދިރިއުޅެން ދާނެ މީހަކު ނުވާނެ ކަމާއި، އެއީ ބޭކާރު ޚަރަދެއް ކަމަށް ބުނަމުން އައި ކަމަށް މަޚްލޫފް ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް މިއަދު މުޅި ރާގު ބަދަލުވެއްޖެ ކަމަށް މަޚްލޫފް ވަނީ ވިދާޅުވެފައި އެވެ.
އެއާ އެކު މަޚްލޫފް ވަނީ ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން:
އިޒްރޭލު ރައްޔިތުން ރާއްޖެ އަށް ދަތުރު ނުކުރެވޭ ވަރުގަދަ ނިންމުމެއް އެބަ އޮތް.
ޔަހޫދީންނަށް ރަސްމާލެ އިން އެއްވެސް ތަނެއް ނުގަނެވޭ / ވިޔަފާރިއެއް ނުކުރެވޭ.
ރަލެއް ނުވިއްކޭ / އޫރު މަހެއް ނުވިއްކޭ / ކެސީނޯއެއް ނެހެދޭ.
ހަވާލުކުރީ މުސްލިމު ޤައުމެއްގެ މުސްލިމު ވިޔަފާރިވެރިޔަކާ.
ގާބިލުކަންހުރި ބިޔަ ބޮޑު ކުންފުންޏެއް.
ދިވެހި ދައުލަތުގެ މިލްކެއް، ދެނީ ކުއްޔަށް.
ހިނގާނީ ރާއްޖޭގެ ގާނޫނާއި ގަވައިދު.
20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް.
50000 އެއްހާ ވަޒީފާ.
ދިވެހިންނަށް އެތައް ބިލިއަން ރުފިޔާގެ ކޮންސްޓްރަކްޝަން މަސައްކަތް.
ދިވެހިންނަށް އިންވެސްޓު ކުރެވޭ / ވިޔަފާރިކުރެވޭ.
5000 ފްލެޓު.
އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ދައުލަތަށް.
ޑޮލަރުގެ މައްސަލަ ހައްލު ކުރަން ބޮޑު ލުޔެއް.
ޑޮލަރު ރޭޓު ރަނގަޅުވީމަ ތަކެތީގެ އަގު ހެޔޮވޭ.
ދައުލަތުގެ އާމްދަނީ ބޮޑުތަނުން އިތުރުވީމަ، ތަރައްގީގެ މަޝްރޫއުތައް އިތުރުވޭ.
އާއްމު ރައްޔިތުމީހާގެ އާމްދަނީ އިތުރުވެ އަދި ދިރިއުޅުން ތަނަވަސްވޭ.
އެއާއެކު މަޚްލޫފް ވިދާޅުވީ، ސިޔާސީ ބަޔަކު ދައްކާ ސިޔާސަ ވާހަކަ ތަކަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އަދި ވާދަވެރި ސިޔާސީ ލީޑަރުން ބިރު ގަންނަނީ ކީއްވެތޯ މަޚްލޫފް ސުވާާލު އުފެއްދެވި އެވެ.
މީގެ އިތުރުން އެ ޕްރޮޖެކްޓުގެ ބިޔަކަމާއި އަދި ރައްޔިތުންނަށް އޮތް ފައިދާގެ ބޮޑުކަމުން، 2028 ގެ ރިޔާސީ އިންތިހާބު ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރައްވަން މަގުފަހިވާ ބޮޑު ސަބަބަކަށް ވުމުން، ހަމައެކަނި ބޭނުމަކީ އެކަމަށް ހުރަސް އެޅުން ކަމަށް ވެސް މަޚްލޫފް ވިދާޅުވި އެވެ. އެއާއެކު މަޚްލޫފް ވިދާޅުވީ، އެކަމަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި، އެ މަޝްރޫޢު ކޮންމެހެން ވެސް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް