ރައީސް އޮފީހުގައި ހިދުމަތްކުރި ޝަރީފު އަވަހާރަވުމުން ރައީސްގެ ތައުޒިޔާ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މިއަދު ނިޔާވި އަބްދުﷲ ޝަރީފް ---
ރައީސް އޮފީހުގައި ދިގު މުއްދަތަކަށް ހިދުމަތްކުރި ޝަރީފު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް އޮފީހުގައި ދިގުމުއްދަތެއްގައި ހިދުމަތް ކުރެއްވި އަދި އިސް މަގާމުތަކެއް ފުރުއްވި އަބްދުالله ޝަރީފު އަވަހާރަވި ހަބަރު އެއްސެވީ ވަރަށްފުން ހިތާމައާއެކުގައިކަމަށެވެ.
ރައީސް ވިދާޅުވީ ޢަބްދުﷲ ޝަރީފަކީ ނުހަނު ހިންގުންތެރި އަދި އެހާމެ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ހިދުމަތްކޮށްދެއްވި، މަސައްކަތުގެ އަހުލާގު ހިފެހެއްޓެވި ބޭފުޅެއްގެ ގޮތުގައިކަމަށެވެ.
ރައީސް ވަނީ ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި، މަރްހޫމްގެ އާއިލާއަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަނަވައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، މަރްހޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާދަންނަވައިފައެވެ.
ޝަރީފް އަކީ ދިވެހި ދައުލަތަށް ހިދުމަތްކުރެއްވުމުގެ އިނާމު 2023ވަނަ އަހަރު ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. އެ ބޭފުޅާވަނީ 41އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، 34އަހަރަށްވުރެ ދިގުމުއްދަތެއްގައި ވަނީ ހިދުމަތްކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް