އެންމެ ބޭނުންވި ވޯލްޑްކަޕްގެ ތަށި އުފުލާލުމަށްފަހު ފަހުރުވެރިކަމާއެކު މެސީ ގައުމީ ޓީމާ ދުރަށް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މެސީ ވޯލްޑްކަޕްގެ ތައްޓާއެކު --
ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ރޮއްވާލައި، ލިއޮނަލް މެސީ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކުރިކަން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.
އާޖެންޓީނާގެ ރޮސާރިއޯއަށް އުފަން މި ކުޅުންތެރިޔާ ދެން އާޖެންޓީނާގެ ގައުމީ ޓީމުގެ ޖާޒީގައި ނުފެންނާނެއެވެ. މިއާއެކު އޭނާގެ ގައުމީ ޓީމުގެ ކާމިޔާބު އަދި ތާރީޚީ ކެރިއަރަށް މިވަނީ ނިމުން އައިސްފައެވެ.
ގައުމީ ޓީމުގެ ކެޕްޓަންގެ މި ނިންމުމާއެކު އާޖެންޓީނާގެ ފުޓްބޯޅައިގެ ރަން ދައުރެއް މިވަނީ ނިމުމަކަށް އައިސްފައެވެ. ކާމިޔާބީގެ އެންމެ އުސްމިނަށް ވާސިލްވެ، ބައްރުތަކުގެ އަދި ދުނިޔޭގެ ގިނަ މުބާރާތްތަކެއްގައި ގައުމީ ޓީމަށް ރަން ކާމިޔާބީތަކެއް ހޯދައިދިނުމަށްފަހު، އޭނާ މި ވަނީ ބައިނަލްއަގުވާމީ މައިދާނާ ދުރަށް ޖެހިލަން ނިންމައިފަ އެވެ.
ސޯޝަލް މީޑިއާގައި މެސީ ހިއްސާކުރި އަސަރުގަދަ މެސެޖު:
"ފައިނަލް މެޗަށްފަހު ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް ވިސްނުމަށްފަހު، އަހަރެން ގައުމީ ޓީމުން ރިޓަޔާކުރާ ވާހަކަ އެންމެންނަށް އެންގުމަށް ބޭނުންވި. މިއީ ހިތަށް ވަރަށް އުނދަގޫވި، އަދިވެސް އެކަން ތަހަންމަލް ކުރަން އުނދަގޫ ނިންމުމެއް. ނަމަވެސް މިއީ އެންމެ ރަނގަޅު ވަގުތުކަން އަހަރެން ގަބޫލުކުރަނީ.
އަހަރެން ހުވާކޮށްފައި ބުން، ގައުމީ ޓީމާ އެކު ކާޟިޔާބީ ހޯދަން އަހަރެން މަސައްކަތް ކުރީ މި ފަހުގެ ތާރީހުގައި އެކަންޏެއް ނޫން، އަބަދުވެސް އަހަރެން އެންމެ ފުރިހަމަ އެއްބާރުލުން ގައުމީ ޓީމަށް ދެން. މި ޖާޒީއަށްޓަކައި، އަދި ފުޓްބޯޅައިގެ ޒަރީއާއިން އާޖެންޓީނާގެ ރައްޔިތުންނަށް އުފާވެރިކަން ހޯދައިދީ ފަހުރުވެރިކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރިން.
ގައުމީ ޓީމުގައި ދެމިހުންނަން އަބަދުވެސް އަހަރެން ބޭނުންވޭ. އަދި އަބަދުވެސް ލޯބިކުރަން. އެކަމަކު އަހަރެންގެ ހުރިހާ ހަކަތައެއް މިހާރު ހުސްވެއްޖެ. ދެން އިތުރަށް ދޭނެ އެއްޗެއް ނެތް. ގައުމީ ޓީމަށް ހައްގުވާ މޮޅު ޒުވާން ކުޅުންތެރިންތަކެއް އަންނަނީ ކުރިއަރަމުން.
ފާއިތުވި 20 އަހަރު ދިން ހުރިހާ ލޯތްބަކަށް ޝުކުރުއަދާކުރަން. ދެން އަހަރެން ވެސް ވާނީ ސަޕޯޓަރުންގެ ތެރެއިން އެކަކަށް. ބޭރުގައި ހުރެ އަބަދުވެސް ސަޕޯޓުކޮށް ސާބަސްދޭނަން. އަހަރެންގެ އާއިލާއަށާއި، ކޯޗުންނަށާއި، ޓީމުގެ ކުޅުންތެރިންނަށް ފުރިހަމަ ޝުކުރެއް އަދާކުރަން. އަހަރެން ވަކިވެގެން މިދަނީ އާޖެންޓީނާގެ ރައްޔިތުންނާއެކު ހުވަފެނީ އުފާވެރި ވަގުތުތަކެއް ހިއްސާކުރެވުނުކަމުގެ ހިތްހަމަޖެހުމާއި ފަހުރާއެކު. ކުޅިވަރުގެ މައިދާނުގައި ތި އެންމެންނާއެކު ހޭދަކުރެވުނު ދުވަސްތަކަކީ ވަރަށް އުފާވެރި ވަގުތުތަކެއް. އާޖެންޓީނާގެ ރައްޔިތަކަށް ވުމަކީ އަހަރެން އެކަމަށް ޝުކުރުވެރިވާ ކަމެއް."
މެސީ އިތުރަށް ބުނެފައިވަނީ މި ލިޔުން އޭނާ ލިޔުނީ ޖުލައި 21 ގައި (ފައިނަލަށްފަހު ދެ ދުވަސް ފަހުން) ކަމަށާއި، އަދި މި ފަހުން އޭނާގެ ބައްޕަ މަރުވުމާ ގުޅިގެން އޭނާގެ މި ނިންމުން ނިންމުމަށް އިތުރަށް ޔަގީންކަން ލިބިގެންދިޔަ ކަމަށެވެ.
މެސީގެ ކުރީގެ ރިޓަޔަރމަންޓްތަކާއި ގައުމީ ޓީމުގެ ކާމިޔާބީތައް:
މީގެ ކުރިންވެސް މެސީ ވަނީ ދެ ފަހަރެއްގެ މަތިން ގައުމީ ޓީމުން ރިޓަޔާކުރުމަށްފަހު އެ ނިންމުން ބަދަލުކޮށް އަލުން ގައުމީ ޓީމަށް ކުޅެދީފައެވެ. އެއީ 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލުން ބަލިވުމަށްފަހު ނިންމި ނިންމުމާއި، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ނެގި ވަގުތީ ބްރޭކެވެ. ނަމަވެސް އެނބުރި އައިސް އޭނާ ވަނީ އާޖެންޓީނާއަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.
އޭނާ ގައުމީ ޓީމާ ވަކިވަނީ، އާޖެންޓީނާ އަށް 207 މެޗު ކުޅެދީ، 125 ގޯލު ޖަހައިދީފަ އެވެ.
ގައުމީ ޓީމާއެކު މެސީ ހޯދި ރަން ކާމިޔާބީތައް:
ވޯލްޑް ކަޕް (2022): ގައުމީ ޓީމާއެކު ހޯދި އެންމެ ބޮޑު ކާމިޔާބީ.
ކޮޕާ އެމެރިކާ (2021، 2024): ދެ ފަހަރު މަތިން ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި މުބާރާތް ކާމިޔާބުކުރުން.
ފައިނަލިސިމާ (2022): ޔޫރަޕްގެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ތަށި ހޯދި.
އޮލިމްޕިކް ރަން މެޑަލް (2008): ބެއިޖިން އޮލިމްޕިކްސްގައި އާޖެންޓީނާގެ 23 އަހަރުން ދަށުގެ ޓީމާއެކު ރަން މެޑަލް ހޯދުން.
20 އަހަރުން ދަށުގެ ވޯލްޑް ކަޕް (2005): ޒުވާން އުމުރުގައި އާޖެންޓީނާއަށް 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް