މިމަހު އައި ފަތުރުވެރިން މިދިޔަ އަހަރަށްވުރެ 2.3 އިންސައްތަ އިތުރު
ފާތިމަތު
ލިޔުންތެރިޔާ
ފަތުރުވެރިއެއް ---
ފަތުރުވެރިކަމަށް ކުރިއެރުން، މިމަހު އައި ފަތުރުވެރިން މިދިޔަ އަހަރަށްވުރެ 2.3 އިންސައްތަ އިތުރު
މިމަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިދިޔަގެ އޮގަސްޓުމަހު އައި ފަތުރުވެރުންގެ އަދަދަށްވުރެ 2.3 އިންސައްތަ އިތުރުވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު ނެރޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް މި މަހު ރާއްޖެއަށް 172,487 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރު އޯގަސްޓު މަހު ރާއްޖެ އައީ 168,598 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރު އޯގަސްޓުގެ މަހު މިހާތަނަށް މިދިޔަ އަހަރުގެ އޯގަސްޓު މަހު އައި ފަތުރުވެރިންނަށް ވުރެ 3889 ފަތުރުވެރިން ވަނީ އިތުރަށް ރާއްޖެ އައިސްފައެވެ.
މި މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގައެވެ. އެ ދުވަހު ރާއްޖެ 7,879 ފަތުރުން ވަނީ އައިސްފައެވެ. އަދި އެންމެ މަދުން ފަތުރުވެރިން އައި ދުވަހުގެ ގޮތުގައި ރިކޯޑު ކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެއީ 4,991 ފަތުރުވެރިންނެވެ. އެވްރެޖުކޮށް މި މަހު މިހާތަނަށް ދުވާލަކު 5,884 ފަތުރުވެރިން ރާއްޖެ އާދެއެވެ.
މި މަހު އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އޮގަސްޓުމަހާ އަޅާބަލާއިރު އިތުރުވި ނަމަވެސް މި އަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ 3.8 އިންސައްތް މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވެފައެވެ.
މިހާރު ކުރިއަށްދާ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މި އަހަރު ރާއްޖެއައިސްފައިވަނީ 1,427,104 ފަތުރުވެރިންނެވެ. ނަމަވެސް މިދިޔަ އަހަރު މިހާތަނަށް 1,483,086 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މިއަހަރު އެންމެ ގިނަ ފަތުރެވެރިން ރާއްޖެ އައިސްފައިވަނީ ރާއްޖޭގެ 1 ނަންބަރު މާކެޓުކަމަށްވާ ޗައިނާއިންނެވެ. އެ ގައުމުން ރާއްޖެއަށް ވަނީ 262,120 ފަތުރުވެރިން އައިސްފައެވެ. އެއީ ރާއްޖެއައި ފަތުރުވެެރިންގެ 18.7 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. 205,187 ފަތުރުވެރިން އެ ގައުމުން އައިއިރު އެއީ 14.7 އިންސައްތަ ފަތުރުވެރިންނެވެ. ރާއްޖެ އައި 7.8 އިންސައްތަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސި ވިލާތުންނެވެ. އެހެންކަމުން ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ގޮތުން އިނގިރޭސި ވިލާތުން ވަނީ 108,909 ފަތުރު ވެރިން ރާއްޖެ އައިސްފައެވެ.
މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ 73.5 އިންސައްތަ ފަތުރުވެރިން ގޮސްފައިވަނީ ރިސޯޓުތަކަށެވެ. ގެސްޓު ހައުސްތަކަށް ދިޔައީ 22.2 އިންސައްތަ ފަތުރުވެރިންނެވެ. 2.4 އިންސައްތަ ފަތުރުވެރިން ހޮޓާތަކަށް ދިޔައިރު 1.9 އިންސައްތަ ފަތުރުވެރިން ދިޔައީ ސަފާރީތަކަށެވެ.
މިދިޔަ ބުދަ ދުވަހާ ހަމައަށް 179 ރިސޯޓަކުން 45,115 އެނދު ވަނީ ފަތުރުވެރިންނަށް ވިއްކައިފައެވެ. އެއީ ރާއްޖޭގެ ރިސޯޓުތަކުގައި އެނދު ހުރި ނިސްބަތުން 66 އިންސައްތައެވެ. އަދި 956 ގެސްޓު ހައުސްތަކުން ވަނީ 17,256 އެނދު ވަނީ ވިއްކައިފައެވެ. އެއީ 25 އިންސައްތަ އެނދެވެ. އަދި 172 ސަފަރީއަކުން 3,483 އެނދު ވިއްކިއިރު 15 ހޮޓަލަކުން ވަނީ 2,654 އެނދު ވިއްކައިފައެވެ.
ރާއްޖޭގައި މިވަގުތު ޓުއަރިސްޓުންނަށް ވިއްކުމަށް ހާއްސަކޮށްފައި ހުރީ 68,506 އެނދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް