ލައިފްސްޓައިލް

އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ޖަމީލާ އައްޔަނުކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ޖަމީލާ އައްޔަނުކުރައްވައިފި

ޖަމީލާއަށް ރައީސް ޑރ، މުހައްމަދު މުއިއްޒު މަގާމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް

އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ހ.ވައިޓްޑައިމަންޑް، އަލްފާޟިލާ ޖަމީލާ އަލީ ހާލިދު އައްޔަނުކުރައްވައިފިއެވެ.

ޖަމީލާ ސަފީރުކަމަށް އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާ އާ ސަފީރުގެ މަގާމަށް ޖަމީލާ އައްޔަންކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވީ މި މަހުގެ 16 ވަނަ ދުވަހެވެ.

މީގެ އިތުރުން މިމަހުގެ 26 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖަމީލާ އެ މާގާމަށް އައްޔަނުކުރަން ފެންނަކަމަށް ވަނީ ރުހުން ދީފައެވެ.

އެ ޖަލްސާގައި ސަފީރު ކަމަށް ޖަމީލާ އައްޔަންކުރައްވަން ފެންނަ ކަމަށް 59 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.

މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން، ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީ އިން ވަނީ މި މައްސަލަ ދިރާސާ ކޮށްފައިއެވެ.

ޖަމީލާ ވަނީ މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމު ވެސް އަދާ ކުރައްވައިފަ އެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަމީލާ ވަނީ ދިވެހިރާއްޖެ އިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ މަޤާމު ވެސް އަދާކުރައްވައިފަ އެވެ.

އެންމެ ފަހުން ރާއްޖެ އިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައި ހުންނެވީ އިރުތިޝާމް އާދަމް އެވެ. ނަމަވެސް ފަހުން އެކަމަނާ ވަނީ ފޮރިން މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް