ޚަބަރު

ނުރައްކާތެރިކޮށް ދުއްވި މީހާގެ ސައިކަލު 30 ދުވަހަށް ހިފަހައްޓައި ޖޫރިމަނާ ކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ނުރައްކާތެރިކޮށް ދުއްވި މީހާގެ ސައިކަލު 30 ދުވަހަށް ހިފަހައްޓައި ޖޫރިމަނާ ކޮށްފި

ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއިން މަންޒަރެއް ---

ސިނަމާލެ ބުރިޖުމަތީގައި ނުރައްކާތެރިކޮށް ދުއްވި މީހާގެ ސައިކަލު 30 ދުވަހަށް ހިފަހައްޓައި ޖޫރިމަނާ ކޮށްފިިއެވެ.

ޓިކްޓޮކްގައި މީހަކު ސިނަމާލެ ބުރިޖު މަތީގައި ކަޅު ކުލައިގެ އެއާބްލޭޑެއްގައި ދުއްވަމުން ދިޔަ މީހަކު އެއް ފަރާތަށް ވާގޮތަށް އިށީންދެ ދުއްވަމުން ދިޔަ ވީޑިއޯއެއް ވައިރަލްވެފައެވެ.

އެއާއެކު ފުލުހުން މިރޭ ބުނީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާއިން އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ވީޑިއޯއިން ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ އަދި އޭނާ ދުއްވި ސައިކަލު ދެނެގަނެފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ ސައިކަލު 30 ދުވަހަށް ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެސްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ ޖުރީމަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖޫރިމަނާކުރީ ކޮން އަދަދަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ މީހުންގެ ލައިސެންސު ވެސް ހިފަހައްޓައިފައިވާކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ޖުލައި މަހު ވެސް ސިނަމާލެ ބުރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ ވީޑިއޯއެއް ޓިކްޓޮކްގައި ވައިރަލްވުމުން ފުލުހުން ވަނީ އެމީހުން ދެނެގަނެ ފިޔަވަޅު އަޅައިފައެވެ.

ތިން މީހަކު ބަންޑުން އޮށޯވެ އޮވެ ސައިކަލު ދުއްވާތަން ފެންނަ އެ ވީޑިއޯ ވައިރަލްވުމުން ފުލުހުން ވަނީ އެ ތިން މީހުންގެ ސައިކަލު ވެސް 30 ދުވަހަށް ހިފަހައްޓައި ޖޫރިމަނާކޮށްފައެވެ. އަދި އެ މީހުންގެ ލައިސެންސު ވެސް ހިފެހެއްޓިއެވެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް