ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަޒީބެ އައްޔަން ކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަޒީބެ އައްޔަން ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ އިންޓަވިޔުގައި ޢަޒީބެ ވާހަކަ ދައްކަވަނީ

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު (ޢަޒީބެ) އައްޔަން ކުރައްވައިފި އެވެ.

އާދީއްތަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަޒީބެ އައްޔަން ކުރެއްވީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ. މި މަޤާމަށް ޢަޒީބެ އައްޔަން ކުރައްވާފައި ވަނީ، ކުރިން އެ މަޤާމުގައި ހުންނެވި އަޙުމަދު އާހިދު ރަޝީދުގެ ދައުރު ހަމަވުމުންނެވެ.

މި މަޤާމަށް ޢަޒީބެ އައްޔަން ކުރެއްވުމަށް ރައީސް މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފަ އެވެ. މަޖިލީހުގެ 47 މެމްބަރުންގެ ތާއީދާއެކު ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަޒީބެ އައްޔަން ކުރެއްވުމަށް ރުހުން ދީފައި އެވެ.

ޢަޒީބެ އަކީ ދައުލަތުގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2019 އަށް، އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަޤާމު އަދާކުރެއްވުމުގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާސް ފަދަ ސަރުކާރުގެ އިސް މަޤާމުތަކެއް ޢަޒީބެ ވަނީ އަދާކުރައްވާފައި އެވެ.

އެންމެ ފަހުން ޢަޒީބެ ހުންނެވީ މިނިސްޓަރ އޮޕް ސްޓޭޓް ފޯ ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަޤާމުގައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް