ޚަބަރު

މީގެ ކުރިން މަކަރު ހަދައިގެން ސަލާމަތްވެވިދާނެ، ދެން އެ ފުރުސަތެއް ނުދެވޭނެ: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މީގެ ކުރިން މަކަރު ހަދައިގެން ސަލާމަތްވެވިދާނެ، ދެން އެ ފުރުސަތެއް ނުދެވޭނެ: ރައީސް މުޢިއްޒު

ބިލު ތަސްދީޤު ކުރެއްވުމަށް ފަހު ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ

ރާއްޖޭގައި ވިޔަފާރި ކުރާ ބައެއް ފަރާތްތަކުގެ މީގެ ކުރިން މަކަރު ހަދައިގެން ސަލާމަތްވެވުނު ނަމަވެސް، ދެން އެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މުހިންމު ބިލުތަކެއް ތަސްދީޤު ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ބައެއް ފަރާތްތަކުން އާމްދަނީ ނުލިބޭ ކަމަށް ހިސާބު ކިތާބު ހަދާނެ ކަމަށް ބުނަމުން އަންނަ ކަމަށެވެ. ދޮގު ހަދައި، މަކަރު ހަދައިގެން ކަންކަން ކުރެވިދާނެކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، މިއަދު ތަސްދީޤު ކުރެވުނު ބިލުގެ ދަށުން އެކަން ވެސް ހުއްޓުވޭނެ ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، މީގެ ކުރިން މަކަރު ހަދައިގެން ރާއްޖޭގައި ސަލާމަތްވެވިދާނެ ކަމަށާއި، ނަމަވެސް މި ސަރުކާާރުން އެކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ. ރާއްޖެ އަށް ފަތުރުވެރިޔަކު އެތެރެވާ ހިސާބުން އެ ފަތުރުވެރިޔާާ އައި ކަމާއި، އޭނާ ދިޔަ ތަނަކާއި، އޭނާާ ނިދީ ކޮން ތަނެއްގައިކަން އަދި އޭނާ ފުރައިފިކަން އިނގޭނެ ނިޒާމެއް މީގެ އެއް މަސް ދުވަސް ފަހުން ރަސްމީކޮށް ޤާއިމު ކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ.

އެއާއެކު ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ކަންކަން ކުރަމުން އަންނަނީ، އެކަން ކުރަން އޮންނަ ގޮތަށް، އަަދި އެކަންކަން ކުރަން އެނގިތިބެ ކަމަށެވެ. މި ސަރުކާރުން ޙައްގު ޤާއިމު ކުރާނެ ކަމަށާއި، އެކަމުގައި ސަރުކާރުން ކުރާ ކަންކަން ވަރަށް ސާފު ވާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ. އަދުލު އިންސާފު ޤާއިމު ކުރުމުގައި ވަކި މީހަކަށް ބެލުމެއް ނޯންނާނެކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެއްވެސް މީހަކު ތަފާތު ކުރުމެއް ވެސް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ވަކި ބަޔަކު މުއްސަނދިވެފައި، ދެން ތިބި މީހުން ނިކަމެތިކޮށް ތިބެން ނުޖެހޭނެ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހަކީ ދިވެހި ރައްޔިތުންގެ ޙައްގުގައި، ރައްޔިތުންގެ ލާބަ އާއި މަންދާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް