މަސްތުވާތަކެތީގެ ވިޔަފާރިކުރާތީ ބިދޭސީންގެ ގުރޫޕެއް ހައްޔަރުކޮށްފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ހަތްޔަރުކުރި ބިދޭސީ މީހުން--
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ބިދޭސީ ނުވަމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހުގެ އެއްވަނަ ދުވަހު މާލޭގެ ގެސްޓުހައުސްއެއް ބަަލައިފާސްކޮށްފައިކަމަށެވެ.
އެ ގެސްޓުހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތޯހިދުލް އިސްލާމް (35އ) އާއި، މޮނީރް ބެޕާރީ (37) އާއި، ޖަކިރް މުންޝި (46އ) އާއި، އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ) އާއި، އެމް.ޑީ އުސްމާން (23އ) އާއި، މޮހައްމަދު ބަބްލޫ އަލީ (34އ) އާއި، އެމް.ޑީ ރައިހާން (32އ) އާއި، އަފްރަނުލް ހޮގް އާޝިކު (34އ) އަދި މުޙައްމަދު ރަކިބް ހޮސެއިން (30އ) އެވެ. މި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.
ފުލުހުން ބުނީ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު އިމިގްރޭޝަނާ އެންމެން ވެސް މިހާރު ވަނީހަވާލުކޮށްފައިވާކަމަށެވެ.
މީގެ އިތުރުން އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް