ޚަބަރު

ޑޮލަރު މާރުކުރާ 6 ބިދޭސީން ހައްޔަރުކޮށްފި، އެކައުންޓުގައި 54 މިލިއަން ރުފިޔާ ދައުރުކޮފައިވޭ: ފުލުހުން

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

 ޑޮލަރު މާރުކުރާ 6 ބިދޭސީން ހައްޔަރުކޮށްފި، އެކައުންޓުގައި 54 މިލިއަން ރުފިޔާ ދައުރުކޮފައިވޭ: ފުލުހުން

ކަޅުބާޒާރުގައި ޑޮލަރު ވިއްކިކަމުގެ ތުހުމުގައި ހައްރަރުކުރި 6 ބިދޭސީން --

ކަޅު ބާޒާރުގައި ޑޮލަރު ގެނެ ވިއްކާ 6 ބިދޭސީއަކު އަތުލައިގަނެފިއެވެ.

މިރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންގައި އަތުލައިގަނެފައިވާ ބިދޭސީ މީހުން މިހާރު ޑިޓެއިން ކުރެވިފައިވާކަމަށެވެ.

ޑޮލަރު ގަނެ ވިއްކުމުގެ ތުހުމަތުގައި އަތުލައިގެން 6 މީހުންގެ އެކައުންޓުތަކުގައި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 54 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަައުރުވެފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ޑޮލަރުގެ ގޮތުގައި އެ މީހުންގެ އެކައުންޓު ތަކުގައި އެ މުއްދަތުގެ ތެރޭގައި 1.6 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ފަރާތްތަކަކީ ރާއްޖެއެތެރެވެ ހުއްދަދެވިފައިވާ މަސައްކަތްކުމުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރި ފަރާތްތަކެއްކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަން ހަތަރު މީހަކާއި އިންޑިއާ ދެ މީހެކެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ މުހައްމަދު ރާހުލް އަމީންއާޢި، މަސޫދު މިއާއި، އެމްޑީ ފަރީދުއްދީންގެ އިތުރުން މުހައްމަދު މަހަމުދުރު ހަސަންއެވެ. ހައްޔަރުކުރި އިންޑިއާގެ ދެ މީހުންގެ ތެރޭގައި ހިމެނެނީ ދުލްކަރްނާއީ އިމްރާންހާން އާއި މުހައްމަދު އަސަތު ކަލަންދަރު ހުސައިންއެވެ.

ފުލުހުން ބުނީ އެ ހަ މީހުންގެ މައްސަލް ތަހުގީގުކުރިއިރު ބައެއް އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުޅުވައިފައިވާ ބޭންކު އެކައުންޓުތަކާއި ވިޔަފާރީގެ ނަންމަތީގައި ހުޅުވައިފައިވާ އެކައުންޓުތައް ގާނޫނާ ހިލާފަށް ހޯދާ ފައިސާ ދައުރުކުރުމަށް ބޭނުންކޮށްފައިވާކަން އެނގޭކަމަށެވެ

އެފަދަ މުއާމަލާތްތައް ހިންގުމަށް އެކައުންޓުތައް ދިނުމަކީ އެ ކުށުގައި ބައިވެރިވުން ކަމަށް ބަލައި ކުށުގެ ބައިވެރިއެއްގެ ގޮތުގައި އެ އެކައުންޓެއް ވެރިފަރާތް ބަލައި އެ ފަރާތަކަށް ގާނޫނީ ފިޔަވަޅު އެޅިދާނެކަމެއް ވާތީ އެފަދަ މުއާމަލާތެއް ހިންގާ ފަރާތަކަށް އެކައުންޓު ދޫނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް