ގަލޮޅު ފުޓްސަލް ދަނޑު ތަރައްޤީ ކުރުމަށް އާރުޑީސީއާ ހަވާލު ކޮށްފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރު ރާފިއު އާއި ނަޒީމް ސޮއި ކުރެއްވުމަށް ފަހު.
މާލޭގެ ގަލޮޅުގައި ފުޓްސަލް ދަނޑު ތަރައްޤީ ކުރުމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލު ކޮށްފި އެވެ.
ހޯމަ ދުވަހު ސްޕޯޓްސް މިނިސްޓްރީ އިން ވަނީ މި މަޝްރޫއުގެ އެއްބަސްވުމުގައި އާރުޑީސީ އާއެކު ސޮއި ކޮށްފައި އެވެ. ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޢަބްދުﷲ ރާފިއު (ރާއްޕެ) އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް އެވެ.
މި މަޝްރޫއުގެ ދަށުން ފުޓްސަލް ދަނޑު ތަރައްޤީ ކުރުމަށް ނިންމާފައި ވަނީ ގާކޮށި ފްލެޓާ އިންވެގެން އޮންނަ ހުސް ބިމުގައި އެވެ. ސްޕޯޓްސް މިނިސްޓްރީ އިން ބުނެފައި ވަނީ، މި މަޝްރޫއުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކޮށްފައި ވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. މިއީ އެއް މިލިއަން ފަސް ލައްކަ އެކާވީސް ހާސް ދުއިސައްތަ އަށްޑިހަ ތިން ރުފިޔާ، ފަސްދޮޅަށް ލާރީގެ މަޝްރޫއެކެވެ.
މި ދަނޑު ނިމުމާ އެކު، މާލޭގައި ފުޓްސަލް ކުޅުމަށް އިތުރު ޖާގައެއް ލިބި، ތަނަވަސްކަން ފަހިވެގެން ދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް