20 އަހަރަށް ވުރެ ދިގު މުއްދަތުގެ ޚިދުމަތަށް ފަހު، ހައި ކޯޓުގެ ފަނޑިޔާރު މާހިރު ރިޓަޔާ ކުރައްވައިފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ހައި ކޯޓުގެ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވި އަލްއުސްތާޛް މާހިރު
ގިނަ އަހަރު ތަކެއް ވަންދެން ދިވެހި ރާއްޖޭގެ ޝަރުއީ ދާއިރާ އަށް ޚިދުމަތް ކުރެއްވުމަށް ފަހު، ހައި ކޯޓުގެ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް އިބްރާހީމް މާހިރު ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވައިފި އެވެ.
ފަނޑިޔާރުކަމުން ޝަރަފުވެރިކަމާ އެކު މާހިރު ރިޓަޔާ ކުރައްވާފައިވާކަން ހައި ކޯޓުން ވަނީ އާދީއްތަ ދުވަހު އިއުލާން ކޮށްފައި އެވެ. ހައި ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް މާހިރު އައްޔަން ކުރައްވާފައި ވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ހައި ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގެންނެވުމުގެ ކުރިން މާހިރު ވަނީ ފެމިލީ ކޯޓުގެ އިތުރުން، ސިވިލް ކޯޓުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުން މާހިރު ރިޓަޔާ ކުރެއްވުމާ ގުޅިގެން އެ ކޯޓުން ބުނެފައި ވަނީ، މާހިރު ކޮށްދެއްވާފައިވާ ޚިދުމަތްތައް ޝުކުރު އަދާ ކުރާ ކަމަށެވެ.
ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމަށް މާހިރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެވެ. 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޝަރުއީ ދާއިރާ އަށް މާހިރު ޚިދުމަތް ކުރައްވާފައިވާއިރު، ޖޭއެސްސީ އިން ވަނީ މާހިރުގެ ރިޓަޔާމަންޓް ޤަބޫލުކުރަން ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް