ކުޅިވަރު

އަރުތަ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އަރުތަ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަރުތަ ޕްރޮގްރާމް ރަސްމީކޮށް ލޯންޗު ކުރުމަށް މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ސަރުކާރުގެ ޚަރަދުގައި އެތުލީޓުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ އަރުތަ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީ އިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ކުރިއަށް އޮތް 2027 ވަނަ އަހަރުގެ އަރުތަ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ އެތުލީޓުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އަރުތަ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ އެތުލީޓުން މި ފެށުނު ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހޭނެ އެވެ.

ސްޕޯޓްސް މިނިސްޓްރީ އިން ބުނެފައި ވަނީ، އެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެތުލީޓުން ހޮވަނީ އަރުތަ ޤަވާއިދުގައި ބުނެފައިވާ ޝަރުތުތަކަށް ބިނާކޮށް ކަމަށެވެ. އަދި އެ ޕްރޮގްރާމް އަށް ހޮވޭ އެތުލީޓުން ކަނޑަ އަޅާނީ އެކަމަށް ޚާއްސަ ކޮށްފައިވާ ކޮމެޓީ އަކުން ބައިވެރިންގެ ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށް ފަހު ކަމަށް ވެސް، އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.

މީގެ އިތުރުން ސްޕޯޓްސް މިނިސްޓްރީ އިން ބުނެފައި ވަނީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފޯމު ހުށަހަޅަން ވާނީ އެ މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ، އެ މިނިސްޓްރީގެ އީމެއިލް އަށް ކަމަށެވެ. ސްޕޯޓްސް މިނިސްޓްރީގެ އީމެއިލް އަކީ info@sports.gov.mv އެެވެ. ހަމަ އެހެންމެ އަރުތަ ޕްރޮގްރާމްގެ ޤަވާއިދުގެ އިތުރުން، އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅަން ޖެހޭ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް