ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރަނީ، އާރުޑީސީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކަ އާއި އާރްޑީސީ އުވާލައި އެ ކުންފުނިތަކުން ކުރާ މަސައްކަތްތައް ސްޓެލްކޯއާއި އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފެނަކައިގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ހިންގި ޖަރީމާތައް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން ފެންނަން އެބައޮތްކަމަށެވެ.
ފެނަކައިގެ ހާލަތު ރަނގަޅު ކުރުމަށް މީގެ ކުރިން ފިޔަވަހިތަކަށް ބަހާލަައިގެން ކަންކަން ކޮށްފައިވިޔަސް އެކަންކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަންކަން ނޫންކަމަށް ފަންނީ ބޭފުޅުން ލަފާދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މި ބަދަލު ގެނައީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނާ ހަމައަށް އުމްރާނީ ތަރައްގީގެ މަސައްކަތްތައް ގެނެސްދިނުމަށްޓަކައިކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ އާރުޑީސީއާއި އެމްޓީސީސީއަކީ އެއް މަސައްކަތެއް ކުރާ ދެ ކުންފުނިކަމަށެވެ. އަދި އެއް ކަމެއް ކުރާ އިތުރު އެހެން ކުންފުނިތައް ހުރުމުން އޭގެ ސަބަބުން ދައުލަތުގެ ހަރަދުތައް އިތުރުވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް