ޚަބަރު

ރާއްޖޭގައި އެންމެ ޒަމާނީ އިންޖިނިއަރިން ލެބޯޓްރީއެއް ޤާއިމު ކުރަނީ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ރާއްޖޭގައި އެންމެ ޒަމާނީ އިންޖިނިއަރިން ލެބޯޓްރީއެއް ޤާއިމު ކުރަނީ

އިންޖިނޭރުންގެ ދުވަހާ ގުޅިގެން ރައީސް ފޮނުވި މެސެޖުގެ ތެރެއިން ---

ރާއްޖޭގައި އެންމެ ޒަމާނީ އިންޖިނިއަރިން ލެބޯޓަރީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން ފޮނުވި ހާއްސަ ވީޑިއޯ މެސެޖުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ގާއިމު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ އެންމެ ޒަމާނީ އިންޖިނިއަރިން ލެބޯޓަރީ އިމާރާތަކީ، އިންޖިނިއަރިންގެ ހުރިހާ ދާއިރާއެއްގެ ހިދުމަތް، އެއްތަނަކުން ލިބޭނެގޮތަށް ފަރުމާކުރެވިގެންދާނެ އިމާރާތެއްކަމަށެވެ.

މިގޮތުން މި ލެބޯޓަރީގައި ސިވިލް އިންޖިނިއަރިން، މެކޭނިކަލް އިންޖިނިއަރިން، އިލެކްޓްރިކަލް އިންޖިނިއަރިން، އިލެކްޓްރޯނިކް އިންޖިނިއަރިން، ސޮފްޓްވެއަރ އިންޖިނިއަރިން، އެއަރކްރާފްޓް އިންޖިނިއަރިން، އެއިރޮނޮޓިކަލް އިންޖިނިއަރިން، ރޮބޮޓިކްސްއާއި، އޭއައިގެ އިތުރުން، ޑިޖިޓަލް އިންޖިނިއަރިންގެ ހުރިހާ ދާއިރާއެއް ފުރިހަމަވެފައި ހުންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ އިމާރާތް ބިނާކުރުމަށް، ބޭނުންވާ ފަންނީ މަސައްކަތްތަކާ އެހެނިހެން އިންތިޒާމުތައް، ސަރުކާރުން މިހާރު ހަމަޖައްސަވަމުން ގެންދަވާކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ އިމާރާތް ބިނާކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާފައިވަނީ، ދައުލަތުގެ ބަޖެޓުގައި ނުހިމަނާކަމަށެވެ.

އެ ލެބޯޓްރީއަކީ، އިންޖިނިއަރިންގެ ދާއިރާތަކުން އެކި ކަހަލަ ތަޙްލީލުތައް ކުރުމަށް ބޭނުންވާ، ރާއްޖޭގެ ހުރިހާ ދަރިވަރުންނާ، ރާއްޖެއިން ބޭރުންވެސް، މިފަދަ ތަހުލީލުތައް ކުރަން ބޭނުންވާ ފަރާތްތަކަށް، އެފަދަ ތަހުލީލުތައް ކުރެވޭނެ ފެންވަރުގެ ލެބޯޓްރީއަކަށް، ހެދުމަށް ސަރުކާރުން ގަސްދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް